ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން އޭނާއަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، ބޭންކްގެ އަސާސީ ގަވާއިދު ބުނާގޮތުން އެގޮތަށް ޕީސީބީއަށް ބޭންކުގެ ބޯޑު މެންބަރަކު ވަކި ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދިޔައީ ބުނަމުންނެވެ.
ބީއެމްއެލްއިން ޔަގީން ކޮށްދޭ ގޮތުގައި އައިޝަތު ނޫރައްދީން ބޯޑު މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ނަމަވެސް، އަދިވެސް އައިޝަތު ނޫރައްދީން ހުންނެވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ. އޭނާ ބޭންކަށް ޚިދުމަތް ކުރައްވާތާ 42 އަހަރު ވަނީ ވެފައެވެ.
މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑަށް ޑޮލަރު ލިމިޓް ދިނުން ހުއްޓާލުމަށް ނިންމައިފައެވެ. އަދި، ކްރެޑިޓް ކާޑަށް ވެސް މަހަކު 100 ޑޮލަރު އެކަނި ދޭން ނިންމިއެވެ. ބޭންކުން އެ ނިންމުން ނިންމީ އެ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުން އެހެން ގޮތެއް ނެތިގެން ކަމަށް ބުނެއެވެ.
އެ ނިންމުން ސަރުކާރުން ސިފަކުރަނީ ބަޣާވާތެއް ކުރަން އުޅުނީ ކަމަށެވެ. ޕީއެންސީއިން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވެސް ވަނީ އެ ގޮތަށް ސިފަކޮށް ބޭންކުގެ އަމަލު ކުށްވެރިކޮށްފައެވެ.
comment ދޮގު ދޮލަނގު
8 month 3 week ago
ޑޮލަރުގެ ނިންމުން އެއީ ސީދާ ސަރުކާރުގެ ނިންމުމެއް. އަތަށް ގޮވީމަ ބަދަލުކޮށްފަ ބޭންކު ނުބައިކޮށް އެމްޑީޕީއަށް ފޫޅުކަނޑަނީ. ނާގާބިލު ދޮގު ސަރުކާރު
comment އަލީބަލީ
8 month 3 week ago
ވަރަށް ސަލާން. ގުޑް ނައިޓް.
comment އައްޓަމަސް
8 month 3 week ago
ވަކިކުރުމަށް ފަހު އިސްތިއުފާ ދިނުމުގެ ފުރުސަތު އޮންނާނެހެން ހިއެއް ނުވޭ!
comment ވާހިދު
8 month 3 week ago
ބޯޑުން އިސްތިއުފާ ދިނުމަކުން ނުނިމޭނެ. ވަކިބަޔަކު ބުނާގޮތަށް އޭރަކުއޮންނަ ސަރުކާރަކަށް ޖެއްސުންކުރުމުގެ ވިސްނުމުގައި ތިބިބަޔަކު ބައިތިއްބައިގެން ތިބޭންކެއް ނުހިންގޭނެ. ބޭންކަކީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ވިސްނައިގެން ޢަމަލުތައް ބައްޓަންކުރަންޖެހޭ ބޭންކެއް. ތިބޭންކު ބޭންކަކަށްހެދީ ދިވެހި ރައްޔިތުން. މާދަމާވެސް ރައްޔިތުން އެހެން ބޭންކުތަކަށް އެކައުންޓް ބަދަލުކުރަން ނިންމައިފިއްޔާ ގެއްލުންވާނީ ތިބޭންކަށް. ތިބޭންކަކީ ރައްޔިތުންގެ ބޭންކު ކަމުގައިވާތީ، ކޮންމެ ސަރުކާރެއްގައިވެސް އެހެން ބޭންކުތަކަށްނުދޭ ފުރުޞަތުތަށްދޭ ތިޔަބޭންކަށްލިބޭ. ނަމަވެސް ރައްޔިތުންގެ ހާލާމެދު ނުވިސްނާ ބޭންކުން ބިލިއަނުން ފައިދާ ނަގަމުން އަންނަތަން އަބަދުވެސް މިފެންނަނީ. މީތިކަޑަ.