ކެފޭ ރެސްޓޯރަންޓުތައް ރަޖިސްޓްރީކުރުން އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި

ޓައިޑްސް ކެފޭ: ފުޑް އެސްޓްބްލިޝްމަންޓް ރަޖިސްޓްރޭޝަންގެ ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި --

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެމުން ދިޔަ ފުޑް އެސްތަބްލިޝްމަންޓް ރަޖިސްޓްރޭޝަންގެ ޚިދުމަތް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭއިން މި ޚިދުމަތް ދިނީ "ވަންގަވް" މެދުވެރިކޮށެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން، އެޗްޕީއޭ އިން ދެމުން ދިޔަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމާ ހުއްދަ ދިނުމުގެ މަސައްކަތް އެ އޮތޯރިޓީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެންވެ، "ވަންގަވް" ޕްލެޓްފޯމްގެ ދަށުން ދެމުންދިޔަ ކެފޭ ރެސްޓޯރަންޓް ރަޖިސްޓްރީކުރުމުގެ ޚިދުމަތްތައް އެ އޮތޯރިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް "ވަންގަވް"ގެ ދަށުން އެ ޚިދުމަތް ލިބުން މެދުކެނޑޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އިތުރަށް އެ އޮތޯރިޓީން ބުނީ، އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ރަސްމީ ގަޑިތަކުގައި 3014361އަށް ގުޅައިގެންނާއި ނުރަސްމީ ގަޑިތަކުގައި 7603204އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު މިއަހަރުގެ މެއި މަހުގެ 23ވަނަ ދުވަހު ތަސްދީގުކުރައްވާފައެވެ. އަދި، އެ ގާނޫނަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ.

https://sun.mv/195805

މި ބިލުގެ ދަށުން އެމްއެފްޑީއޭއަށް ގަވާއިދާ ޚިލާފަށް ރަޖިސްޓާނުކޮށް ހިންގާ ވިޔަފާރިތައް 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި، އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ ޚިދުމަތުގެ ތެރެއިން، ކެފޭ ރެސްޓޯރަންޓް، ބޭކަރީ، ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން އަދި ކެންޓީނުތައް ވެސް ރެޖިސްޓާކޮށްދެއެވެ.

comment ކޮމެންޓް