ކަނޑުއޮތްގިރީގައި ހިންގި ކާރުހަނާއަށް ހުޅުމާލެއިން ބިމެއް ލިބެންދެން ފެލިވަރަށް ބަދަލުކުރަނީ

ކަނޑުއޮތްގިރި: ކަނޑުއޮތްގިރީގައި ހިންގި ކާރުހަނާއަށް ހުޅުމާލެއިން ބިމެއް ލިބެންދެން ފެލިވަރަށް ބަދަލުކުރަނީ ----

ކ. ކަނޑުއޮތްގިރީގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ހިންގު ކާރުހާނާ ހުޅުމާލެއަށް ބަދަލު ކުރުމަށް ބިން ހަމަޖެހެންދެން އެތަން ޅ. ފެލިވަރަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ކަންނެލި މަސްވެރިކަމަށް ޚާއްސަކޮށް ކާރުހާނާ ހިންގި ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބޭނުމަށް ހަވާލުކޮށްފައި ވަނީ މިމަހުގެ ހަތަރެއްގައެވެ.

މިކަމާ ގުޅުވައި މިފްކޯއިން މިއަދު ބުނީ، ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައި ވަނީ އެރަށުގައި ކުރަމުން ދިޔަ މަސައްކަތާ އެކަށީގެންވާ ވަރުގެ ބިމެއް ބަދަލުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅާ ގޮތަށް ކަމަށެވެ.

https://sun.mv/195773

އެ ނިންމުމާ އެއްގޮތަށް ހުޅުމާލޭއިން ބިމެއް ކަނޑައެޅުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުމަށް މި މަހުގެ ހަތް ވަނަ ދުވަހު ރައީސް އޮފީހުން އެޗްޑީސީއާއި އެ ކުންފުންޏަށް އަންގާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

އެމްއެމްއެންޑީއެފާއި މިފްކޯގެ އޮފިޝަލުންތަކެއް ކަނޑުއޮތްގިރީގައި: ކަނޑުއޮތްގިރީގައި ހިންގި ކާރުހަނާއަށް ހުޅުމާލެއިން ބިމެއް ލިބެންދެން ފެލިވަރަށް ބަދަލުކުރަނީ ---- ފޮޓޯ/ މިފްކޯ

އިތުރަށް މިފްކޯއިން ބުނީ، ކާރުހަނާ ފެލިވަރަށް ބަދަލު ކުރުމަށް އެކަމަށް ބިމެއް ހޯދުމުގެ މަޝްވަރާތައް އެޗްޑީސީއާއެކު ކުރަމުން އަންނަ ކަމަށާއި ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ފްރޮޑަކްޓުތަކުގެ މައި ހަބު ކަމަށެވެ.

ކަނޑުއޮތްގިރީގެ ފެސިލިޓީގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވީ ނަމަވެސް މިފްކޯއިން އެ މަސައްކަތް ފެލިވަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އޭގެތެރޭގައި، ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތަކާއި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައިސް ދޫކުރުން ހިމެނެއެވެ.

އެހެންނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް.

ނަމަވެސް، ކުއްލިއަކަށް އެ ކާރުހަނާ ފެލިވަރަށް ބަދަލު ކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ، ރަނގަޅު ތަނެއް ލިބެން ދެން މިވަގުތަށް އެތަނުގެ މަސައްކަތްތައް ފެލިވަރަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް