ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވާނެ ކަން ދަންނަން ޖެހޭ: ޚުތުބާ

ހުކުރު ޚުތުބާ: ސިއްރާ ފާޅުގައި ކުރާ އަމަލުތައް ލިޔުއްވާނެ ކަން ދަންނަން ޖެހޭކަމަށް މިއަދު ހުތުބާގައި ބުނެފި---

މުއުމިނުން ވާންޖެހޭނީ ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު މާތްﷲ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް މާތްﷲ އަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މަލާއިކަތުންނަކީ މާތް ﷲއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާއި މަލާއިކަތުންގެ ޢަދަދު ﷲ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ޢަރުޝި އުފުއްލެވުމަށް މަލާއިކަތުން ވާކަމާއި ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައި ވާކަން ޚުތުބާގައި ވަނީ ބުނެފައެވެ.

ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާ ކަމަށާއި އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވާކަމަށާއި ﷲއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި ﷲ ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވާކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާގައި ވަނީ ބައެއް މީހުންނަށް ﷲ ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީ ކުރެވޭ ކަމުގައިވެސް ބުނެފައެވެ. އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމަކީ ކުށްހީއެއް ކަމަށާއި ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އިބިލީހަކީ ޖިންނިއެއް ކަން އެނގޭކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

އިބިލީހަކީ ﷲ އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށާއި އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނު ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ﷲގެ ރަޙްމަތުން އޭނާ ދުރުކުރެވި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް