'ވިސްކް'ގެ ޒުވާން ބާނީ ނިޔާވެއްޖެ

ފައިނާން ހަސަން (މައިން): ފައިނާން މަރުވިއިރު އުމުރުން 33 އަހަރު --

ބްރައުނީ އާއި އެހެނިހެން ފޮނިކާތަކެތި ވިއްކާ މަޝްހޫރު އޮންލައިން ފިހާރަ 'ވިސްކް.އެމްވީ'ގެ ބާނީ ފައިނާން ހަސަން (މައިން) މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ފައިނާންގެ ކަށުނަމާދު އޮތީ މިރޭ ފަތިސް ނަމާދަށް ފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ވަރަށް ޒުވާން އުމުރުގައި އޮންލައިންކޮށް ބްރައުނީ ވިއްކައި، ލިބުނު މަގުބޫލުކަމުން ފައިނާން ކެފޭއެއް ވެސް ހުޅުވިއެވެ.

ވިސްކްއިން މިފަހުން ކުޑަކުދިންނަށް ކުކީސްއާއި ކަޕްކޭކާއި މަފިންއާއި ބްރައުނީ ޑެކަރޭޓް ކޮށްދޭން ދަސްކޮށްދޭ ކްލާސްތަކެއް ބާއްވާއިފައިވެއެވެ.

މީގެ އިތުރުން ވިސްކްއަށް އެސްއެމްއީ ހަބްގައި އާއި މާލެ އާއި ހުޅުމާލޭގައި ބާއްވާ އެކި ފެސްޓިވަލްސްތަކުން ވެސް ބޮޑު މަގުބޫލު ކަމެއް ލިބިފައިވެއެވެ.

comment ކޮމެންޓް