އެމްއެމްޕީއާރުސީން "ޑިސްކަވާ މޯލްޑިވްސް"، ސިލްސިލާ ވެބިނާތައް ފަށައިފި

އެމްއެމްޕީއާރުސީއިން "ޑިސްކަވާ މޯލްޑިވްސް" ސިލްސިލާ ވެބިނާތައް ފަށައިފި--- ފޮޓޯ/ އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދުނިޔޭގެ ކީ މާކެޓުތަކުގައި ރާއްޖެ އިތުރަށް މަޝްހޫރުކޮށް، ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ޑިސްކަވާ މޯލްޑިވްސް" ސިލްސިލާ ވެބިނާތައް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ ފަރަންސޭސިވިލާތުގެ މާކެޓަށް އަމާޒުކޮށްގެން މި މަހުގެ 21ގައި ފެށި މި ވެބިނާތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ހުށަހެޅުންތަކާ ބެހޭ ގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދޭ ވެބިނާތަކެއް ކަމަށެވެ.

އަދި ކޮންމެ ވެބިނާއެއްގައި ވެސް ގާތްގަނޑަކަށް 80އާއި 60 އާދެމެދު ޓްރެވަލް ޕްރޮފެޝަނަލުންނާއި ޓްރޭޑް މީޑިއާއަށް ޓާގެޓްކުރާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ވެބިނާ ސިލްސިލާ ކުރިއަށް ގެންދަނީ އެކި މާކެޓުތަކުގައި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ އެކު ހަރުދަނާ ގޮތެއްގައި މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ މާކެޓެއްގެ މާދަރީ ބަހުރުވައިން ކަމަށް ވެސް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީއިން "ޑިސްކަވާ މޯލްޑިވްސް" ސިލްސިލާ ވެބިނާތައް ފަށައިފި--- ފޮޓޯ/ އެމްއެމްޕީއާރުސީ

"ޑިސްކަވާ މޯލްޑިވްސް" ވެބިނާ ސިލްސިލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާޓްނަރުންގެ އަގުހުރި މައުލޫމާތު ހުރި ޕްރެޒެންޓޭޝަންތައް ފެނިގެންދާނެއެވެ.

އަދާރަން ރިސޯޓްސް އެންޑް ހެރިޓެންސް އާރަށް، އަންގްސަނާ ވެލާވަރު އަދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ފަދަ މަޝްހޫރު ޕްރޮޕަޓީތަކުން ބައިވެރިވެ އެ ތަންތަނުގެ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތަކާއި ތަޖުރިބާތައް ސެޝަންގައި ހިއްސާކޮށްފައި ވާކަމަށާއި ވިޒިޓް މޯލްޑިވްސްއިން ވެސް ތަފާތު އުފެއްދުންތަކާއި ޚިދުމަތްތަކާއި ތަޖުރިބާތަކުގެ މައުލޫމާތުތައް ހިއްސާކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީއިން "ޑިސްކަވާ މޯލްޑިވްސް" ސިލްސިލާ ވެބިނާތައް ފަށައިފި--- ފޮޓޯ/ އެމްއެމްޕީއާރުސީ

ވެބިނާ ސިލްސިލާގެ މައިގަނޑު މަގުސަދަކީ މުހިންމު އަދި ކުރިއަރަމުން އަންނަ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެމެހެއްޓުމާއި އިތުރުކުރުމެވެ.

"ޑިސްކަވާ މޯލްޑިވްސް" ވެބިނާގެ ފާހަގަކޮށްލެވޭ އިތުރު މަގުސަދަކ،ީ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތަކާއ،ި ރާއްޖޭގައި ލިބެންހުރި ތަފާތު ތަޖުރިބާތައް ފާހަގަކޮށް އެކި ބާވަތުގެ ފަތުރުވެރިން ރާއްޖެއައުމަށް ޝައުޤުވެރިކުރުވުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް