ކ. ތިލަފުށީ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، އަނދަން ފަށައިފިއެވެ.
އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިމާރާތެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު ފެނެެއެވެ.
އެ ސަރަހައްދުން ވީޑިއޯއާއެކު މައުލޫމާތު ހިއްސާކުރި މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައެވެ.
އެމްއެންޑީއެފްއިން ބުނީ ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ތިލަފުށީގެ ގުދަނެއްގައި ރޯވެފައި: ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައި -- ފޮޓޯ/ އެމްއެންޑީއެފް
އެ ވީޑިއޯއިން، ރޯވެފައިވާ ގުދަނުން ގޮވުމުގެ އަޑުތަކެއް ވެސް އިވެއެވެ. އަދި އަލިފާންގަނޑު، ކައިރި އިމާރާތްތަކަށް ވެސް ފެތުރެމުންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އަލިފާން ނިއްވުމަށް ތިލަފުށީ ފަޔާ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.