އާލިއާގެ ފިލްމުގެ ޚާއްސަ ރޯލެއް ރިތިކަށް

ބަތަލާ އާލިއާ ބަޓް އަދި ރިތިކް ރޯޝަން--ފޮޓޯ/ޕިންކްވިލާ

ޔަޝްރާޖް ފިލްމްސް ސްޕްއި ޔުނިވާސްއިން ގެނެސްދޭ ސްޕައި ތުރިލާ "އަލްފާ"ގެ ވަރަށް މުހިއްމު ރޯލަކުން ރިތިކް ރޯޝަން ފެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ރިތިކް މި ފިލްމުގައި ފެންނާނީ ބަތަލާ އާލިއާ ބަޓްއަށް ހިތްވަރުދޭ 'މެންޓޯ'އެއްގެ ގޮތުގައެވެ. ރިތިކްގެ ސީންގައި އެކްޓަރު ދައްކުވައިދޭނީ ވެސް ސްޕްއި ޔުނިވާސްގެ ކާމިޔާބު ފްރެންޗައިސް "ވޯ"ގެ ކެރެކްޓާ ކަބީރުގެ ގޮތުގައެވެ.

ފިލްމުގެ މުޅި ޕްލޮޓާ ބެހޭ މައުލޫމާތު މިހާތަނަށް ހާމަކޮށްފައިނުވާއިރު ލީޑް ރޯލު ކުޅޭ ބަތަލާއިން ކަމަށްވާ އާލިއާއާއި ޝަރުވަރީ ފިލްމުގައި ފެންނާނެ ރޯލްތަކާ ބެހޭ މައުލޫމާތު ވެސް ވަނީ ސިއްރުކުރެވިފައެވެ. ފިލްމުގެ ޕްރޮޑިއުސަރު އަދި ޔަޝް ރާޖް ކުންފުނި ހިންގުމާ ހަވާލުވެހުރި އަދިތިޔަ ޗޯޕްޅާ އަކީ އަބަދު ވެސް އޭނާ އުފައްދާ ފިލްމުތަކާ ބެހޭ މައުލޫމާތު ރިލީޒްކުރުމުގެ ކުރިން އާއްމުންނަށް އެނގެން ބޭނުންނުވާ ފަރާތެކެވެ.

ރިތިކް ރޯޝަން ފިލްމު "ވޯ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ފިލްމު "އަލްފާ" އަކީ ސްޕައި ޔުނިވާސްއިން ލީޑް ރޯލްއަކުން ބަތަލާއަކު ތައާރަފުކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ވެސް ސްޕައި ޔުނިވާސްގެ ފިލްމުތަކުގެ ކެމޯ ރޯލްތަކުން އެ ކުންފުނީގެ އެހެން ފްރެންޗައިސްގެ އެކްޓަރުން ވަނީ ފެނިފައެވެ.

ޝިވް ރަވައިލް ޑައިރެކްޓް ކުރާ މި ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު އާލިއާއާއި ޝަރުވަރީ އަންނަނީ ދެ ތަރިންގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބޭރުގެ ޚާއްސަ ޓީމަކާ އެކު ތަމުރީނުތަކެއް ވެސް ފުރިހަމަކުރަމުންނެވެ.

ދާދިފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ޝަރުވަރީ ބުނެފައިވަނީ ޖޯން އަބްރަހަމްއާ އެކު ކުޅުނު ފިލްމު "ވެދާ"އިން ވަރަށް ގިނަ އެކްޝަން ސީންތަކަށް ތައްޔާރުވާނެގޮތް ދަސްވި ކަމަށާއި ޖޯންއާ އެކު މަސައްކަތް ކޮށްލަން ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

comment ކޮމެންޓް