ޓްރެވަލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު: މި ކޮންފަރެންސް އޮންނާނީ މާދަމާ ކަމަށް ދިރާގުން ވަނީ ބުނެފައި -- ފޮޓޯ/ ދިރާގު

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ވިމެންސް އެޑިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަށް ދިރާގުން ސޮއިކޮށްފިއެވެ.

މާދަމާ ފަށާ މި ކޮންފަރެންސް އޮންނާނީ ހޮޓެލް ޖެންގައެވެ.

މި ކޮންފަރެންސަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

އެގޮތުން މި ކޮންފަރެންސްގެ އަމާޒަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމަށް ހައްލު ހޯދުމާއި، މިހާރަށްވުރެ ބޮޑަށް އަންހެނުން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

މި ފިލްމުގައި މި ދާއިރާގައި ހަރަކާތްތެރިވާ މުހިންމު އަންހެން ބޭފުޅުން ހިމެނޭ ދެ ޕެނަލެއް ހިމެނޭނެ އެވެ.

ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ މި ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ދިވެހި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން މިފަދަ ކަންކަމުގައި އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޓާޓޯގެ ސީއީއޯ އައިމިނަތު ސުޒާން ވިދާޅުވީ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް މަޓާޓޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ކޮންފަރެންސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ދިރާގުން ދިން ދީލަތި އެއްބާރުލުމާއި އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް