މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި

މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސާސް އެންޑް ޕާޓްނަރުން ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި---

މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު އިއްޔެ ސޮއިކޮށްފިއެވެ.

މީޑިއަމް އިވެންޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ކަނޑުދަތުރުކުރުމުގެ ދާއިރާއަށް ޚާއްސަކޮށް ކޮންމެ އަހަރަކު ބާއްވާ އިވެންޓެކެވެ.

މި އަހަރު މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އެވެ. އަދި ކޯސްޕޮންސަރުންގެ ތެރޭގައި ގަލްފްކްރާފްޓް މޯލްޑިވްސް، ޖެއިލްބޫޓް މެރިން ސާވިސެސް އަދި އަލް ދައިންއާއެކު ޕޮލަރިސް ނެވިގޭޓާސް ހިމެނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސާސް އެންޑް ޕާޓްނަރުން ސޮއިކުރުން--

މި އެކްސްޕޯއަކީ މި ސިނާއަތުގައި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ބާއްވާ ބާޒާރެކެވެ.

އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން، މި އަހަރުގެ ހަރަކާތް ޚާއްސަކޮށްފައިވަނީ ދޯނިފަހަރު ހެދުމާއި، ސްޕެއާ ޕާޓްތަކައި، މެޝިނަރީ، މަސްވެރިކަމުގެ ސާމާނާއި، ޑައިވިން އަދި ވޯޓާސްޕޯޓްސް ސާމާނާއި، ކަނޑުގެ ކަންކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށެވެ.

އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

comment ކޮމެންޓް