އައްޑޫގައި އައިކެއަރގެ މުޅިން އައު އައުޓްލެޓެއް

އައްޑޫގައި އައިކެއަރގެ މުޅިން އައު އައުޓްލެޓެއް--ފޮޓޯ/ އައިކެއާ

އަގުހުރި އޮފާތަކަކާއެކު އައިކެއަރގެ މުޅިން އައު އައުޓްލެޓެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

އައްޑޫގައި އަލަށް ހުޅުވި އައުޓްލެޓުން ފުރިހަމަ އޮޕްޓިކަލް ޚިދުމަތްތަކެއް ލިބެން ހުރިއިރު ސްޓައިލިޝް އައިނުތަކުގެ ފުޅާ ކަލެކްޝަނެއް ހިމެނެއެވެ.

އެގޮތުން ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވި އައިނު އަދި ފްރޭމްތައް ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން މި އައުޓްލެޓުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމްޑިޒައިންޑް އޮޕްޓިކަލް ސޮލިއުޝަންސް ލިބެން ހުންނާނެކަން އައިކެއަރއިން ވަނީ ފާހަގަކޮށްފައެވެ.

އައިކެއަރއިން ބުނި ގޮތުގައި މި އާ އައުޓްލެޓް އައްޑޫ ސިޓީގައި ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި "ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ"އަށް އޮތް ޑިމާންޑް އިތުރުވަމުންދާތިީ އެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް އިތުބާރުހުރި ޒަމާނިީ އައިނު ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފަހިކޮށްދިނުމަށެވެ.

އައިކެއަރގެ އައު އައުޓްލެޓެއް އައްޑޫ ސިޓީގައި ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- އައިކެއާ

އައިކެއަރގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދައި ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އައި ކެއަރއިން އައްޑުއަށް ފުޅާކުރަން ނިންމި ނިންމުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އޮޕްޓިކަލްގެ ޚިދުމަތް ކަށަވަރުކުރުމުގެ ފުޅާ ވިސްނުން އެ ކުންފުނިން ގެންގުޅޭ ކަމެވެ.

އާ އައުޓްލެޓް ހުޅުވުމާ ގުޅިގެން ޚާއްޞަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނިީ ނިންމާފައެވެ. އެގޮތުން:

  • މި އައުޓްލެޓްގައި އެންމެ ފަހުގެ ޑިޒައިންތަކުގެ ސްޓައިލިޝް ފްރޭމްތައް އެންމެ 490 ރުފިޔާއަށް މިހާރު ލިބެން ހުންނާނެއެވެ. މި އޮފާގެ ދަށުން ބަލައި ގަނެވޭނިީ ސެލެކްޓެޑް ބްރޭންޑްތަކެއްގެ ފްރޭމްތަކެކެވެ.
  • ދެވަނަ އޮފާއަކިީ އެންމެ 990 ރުފިޔާއަށް އަވި އައިނެއް ބަލައިގަނެވޭނެއެވެ. މި އޮފާގެ ދަށުން ބަލައި ގަނެވޭނީ "ނޮކް އެރައުންޑް" "ޓްރާންސްމިޓް" އަދި "ސެންޓްރޯ ސްޓައިލް" ގެ އަވިއަނުތަކެވެ.
  • މީގެ އިތުރުން 2000 ރުފިޔާއަށް ވުރެ މަތިނިް ލިބެން ހުންނަ ފްރޭމް އަދި އަވި އައިނުން 1،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.
  • މ އޮފާތަކަށް އައިކެއަރގެ މެމްބަޝިޕް ޑިސްކައުންޓް ނުލިބުނު ނަމަވެސް ޕްރިސްކްރިޕްޝަން ލެންސްއަށް މެމްބަޝިޕް ޑިސްކައުންޓް ލިބޭނެއެވެ.

  • ހަމައެއާއެކު ފުރިހަމަ އަގަށް ފްރޭމެއް ގަނެގެން އަވި އައިނަކުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ނަމަވެސް 990 ރުފިޔާއަށް ވުރެ ދަށް އަގެއްގައި އަވި އައިނެއް މި އޮފާގެ ދަށުން ނުލިބޭނެއެވެ.

  • މި އޮފާގައި ގަންނަ ފްރޭމްއަކަށް މެމްބަޝިޕް ޑިސްކައުންޓް ލިބުނު ނަމަވެސް ޑިސްކައުންޓް ކޮށްފައި ވާ އަވި އައިނަކަށް މެމްބަޝިޕް ޑިސްކައުންޓެއް ނުލިބޭނެއެވެ.
comment ކޮމެންޓް