މާދަމާ ސަރުކާރު ބަންދުކުރި ނަމަވެސް، އެމްއައިބީން ޚިދުމަތް ލިބޭނެ

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

ރާއްޖެއަށް މޫސުން ގޯސްވެ މާދަމާ ސަރުކާރު ބަންދުކުރި ނަމަވެސް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޚިދުމަތްތައް މެދުކަނޑާ ނުލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއައިބީގެ މީޑިއާ މެނޭޖާ އަހުސަން ޖަމީލް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މާދަމާ ވެސް އެމްއައިބީގެ ހުރިހާ ޚިދުމަތެއް ލިބޭނެކަމަށެވެ.

އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ. މުޅި ރާއްޖޭގައި ހިމެނޭ ބޭންކިން ވިއުގަޔާ އެކު 20 އަތޮޅުގައި 38 ބްރާންޗު، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ ރައްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް