ފަސޭހަކަމާއެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފިއެވެ.
ސަރުކާރުން ވަނީ ޑޮލަރު މާރުކުރުމުގެ އުސޫލެއް ތައާރަފުކޮށްފައެވެ. އެއާއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު އެމްއައިބީން ތައާރަފުކުރި މި ޚިދުމަތާއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި ޚިދުމަތުގެ އެންމެ މުހިންމު އެއްސިފައަކީ ރައްކާތެރިކަންކަމަށާއި މި ޚިދުމަތް ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އެމްއައިބީން ބުނީ، އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެ ކަމަށެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮއްލަން ފަސޭހަ ރައްކާތެރި ޚިދުމަތެއްކަމަށާއި ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ޚިދުމަތަކީ ޑާކް މޯޑެއް ވެސް އެކުލެވޭ ފަސޭހަ ހިދުމަތެއްކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން ފަވަރައާ އެކު މި ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރި އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ޚިދުމަތް ވެސް ތައާރަފުކޮއްފައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ޚިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ހަމައެކަނި ބޭންކަކީ އެމްއައިބީއެވެ.
ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެމްއައިބީގައި އެދެވެއެވެ.