ބަހްރެއިންގެ ކްރައުން ޕްރިންސާ ބައްދަލުކޮށް ރަސްގެފާނަށް ރައީސްގެ ސިޓީފުޅެއް ހަވާލުކުރައްވައިފި

ބަހްރެއިންގެ ކްރައުން ޕްރިންސާ ބައްދަލުކޮށް ރަސްގެފާނަށްވީ ރައީސްގެ ސިޓީފުޅެއް ހަވާލުކުރައްވައިފި-- ފޮޓޯ/ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހްރެއިންގެ ކްރައުން ޕްރިންސާ ބައްދަލުކޮށް ރަސްގެފާނަށް ރައީސްގެ ސިޓީފުޅެއް މިއަދު ހަވާލުކުރައްވައިފިއެވެ.

މިނިސްޓަރު ޒަމީރު މިއަދު "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަހްރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރުމުގެ ޝަރަފު މިއަދު ލިބުނު ކަމަށެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއަށް މުޚާޠަބުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޓީއެއް ހުށަހެޅުއްވި ކަމަށެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ ރާއްޖެ އާއި ބަހްރެއިނާ ދެމެދު މިހާރު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވައުދުތަކެއްވެ، މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރެއިނަށް ވަޑައިގަންނަވަން ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ.

https://sun.mv/195374

މި ދަތުރުފުޅުގެ ބޭނުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް