ހުޅުމާލޭގެ ދުވާރުމަތީގައި ހުންނަ ގޮނޑިތައް ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ރަސްމީކޮން އިއްޔެ ފަށައިފިއެވެ.
މިކަމާގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ފުލުހުންނާ ގުޅިގެން މި މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
https://x.com/hdcmaldives/status/1822654119863279894
ހުޅުމާލެއަކީ ހިނގައި ބިނގައިވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށްޓަކާ އެޗްޑީސީން ވަނީ މަގުތަކުގެ ދުވާރުތައް މަތީގައި މޭޒުތައް ބަހައްޓައިގެން ޚިދުމަތްދިނުން ހުއްޓާލުމަށް މިދިޔަ މަހު ވެސް އަންގާފައެވެ.
އެޗްޑީސީން ނިކުމެ ދުވާރުމަތި ސާފުކުރަން ފެށީ ދުވާރުމަތީ ހުރި މޭޒުތަކާއި ގޮނޑިތައް ނެގުމަށް މުއްދަތެއްދީ، އެ މުއްދަތު ހަމަވީއިރު ވެސް ބައެއް މޭޒުތަކާއި ގޮނޑިތައް ނަގާފައި ނުވުމުންނެވެ.
މަގުތަކުގެ ދުވާރުމަތީގައި ހިނގައި ބިނގައިވެ އުޅުމަށް ދަތިވާގޮތައް ކޮފީ މޭޒުތައް ބެހެއްޓާފައި ވާކަމަށްބުނެ އެކަމުގެ ކަންބޮޑުވުން މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ވެސް ވަނީ ހޫނުވެފައެވެ.