ހުޅުމާލޭ މެލްޓްޒް ރެސްޓޯރަންޓުގައި ރޯވެ، އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މި ކަމާ ގުޅިގެން އެމްއެމްޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ނިރޮޅުމަގު ހައެއްގައި ހުރި ރެސްޓޯރަންޓެއްގައި ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިތުރު ތަފުސީލު ލިބުނު ވަރަކުން ހިއްސާކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭ މެލްޓްޒް ރެސްޓޯރެންޓުގައި ހިނގި އަލިފާނުގެ ހާދިސާ: އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި -- ފޮޓޯ/ މުހައްމަދު އާރިފް
އަލިފާނުގެ ހާދިސާ ހިނގި އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޚިދުމަތުން ހަރަކާތްތެރިވަމުންނެވެ.
އެކަމަކު، އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުގެ 29ގައި މާލޭގެ ބުރުޒު މަގުގައި ހުރި ގެއެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.