މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކޮށްފައިވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި، ނަމަވެސް މިހާރު ދިވެހިސަރުކާރުން ގެންގުޅޭ "ވެލްކަމް އިންޑިއާ" ސިޔާސަތަކީ ވަގުތީ ކަމަކަށް ނުހަދާނެކަމަށް އުންމީދުކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާއިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވަނީ މިއަދު ޖައިޝަންކަރާއި ބައްދަލު ކުރައްވާފައެވެ.
މިއީ މިފަދަ ރަސްމީ ދަތުރުފުޅެެއްގައި ރާއްޖޭގެ އިދިކޮޅު ޕާޓީގެ އިސްވެރިއަކާ އިންޑިއާ ސަރުކާރުގެ އިސްވެރިއަކު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމާ ގުޅުވައި އެމްޑީޕީން މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.
މި ބައްދަލުވުމުގައި، ޝާހިދުވަނީ އަދި އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ގޮތުން ތަރައްގީގެ ރޮނގުގައި އެކި ދާއިރާތަކުން އިންޑިއާއާ އެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުންތަކަށް ވެސް އެމްޑީޕީންވަނީ މަރުހަބާ ކިޔައިފައެވެ.
މި ބައްދަލުވުމުގެ ތަފްސީލް ހިއްސާކުރަމުން އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ "އިންޑިއާ އައުޓް" ކެމްޕޭނުން ލިބުނު ގެއްލުމަށް ސަރުކާރުން މައާފަށް އެދި އިދިކޮޅު އެމްޑީޕީން ގޮވާލާ ކަމަށެވެ.
އަދި ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަމަށް ބޭނުން ޖެހިޖެއްޖެ ކޮންމެ ވަގުތެއްގައި ވެސް އެ ކަމަކަށް އެންމެ އަވަހަށް އިޖާބަދެނީ އިންޑިއާއިން ކަން ފާހަގަކޮށްއެ ގައުމުން އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަބަދު ވެސް ރާއްޖެއަށް އޮންނަ ކަމަށް އެމްޑީޕީން ބުންޏެވެ.
އެހެން ނަމަވެސް މި ސަރުކާރުން އިންޑިއާއާއި މެދު ނަފްރަތު އުފެއްދީތީ، އެ ކަމާ ހިތާމަ ކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެގޮތުން އެކި ބަސްތަކާއި މަލާމާތުގެ ޒަރީއާއިން، ގިނަ ދުވަސްވީ ރަޙްމަތްތެރިއެއްގެ އިތުރުން ތަރައްޤީގެ ބައިވެރިއެއް ކަމަށްވާ އިންޑިއާ، ގަނާކުރާ ޤައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ކުރިކަމަށް ބުނެފައިވެއެވެ.
އެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްކޮށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެއަށް ލިބިފައި އޮތް މަޤާމަށް އަސަރުކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނަމަވެސް ވެރިކަމާ ހަވާލުވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް"އިން "ވެލްކަމް އިންޑިއާ"އަށް ބަދަލުކުރިކަމަށް ބުނެ އެކަމަށް އެމްޑީޕީންވަނީ މަރުހަބާ ކިޔާފައެވެ.
އަދި މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަޞްލަޙަތަށް ޓަކައި ދެމެހެއްޓެނިވި އަދި މާނަ ހުރި ބަދަލަކަށްވާނެކަމުގެ އުންމީދު ކުރާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
"އިންޑިއާ އައުޓް ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ،" އެ ޕާޓީން ބުންޏެވެ.
ޝާހިދާއި ޖައިޝަންކަރުގެ މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު ނާޒިލްއާއި، ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިންގެ އިތުރުން، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
comment 27
8 month 1 week ago
ކަޝްމީރުގެ މުސްލިމުން މަރާ ފަލަސްތީނު މުސްލިމުން މަރަން އެހީވާ މޯދީ ސަރުކާރުގެ އިސްވެރިން ބައިނަލް އަޤުވާ ކޯޓަށް ގެންދަންޖެހޭ، އެފަދަ މީހުނަކަށް މަރުހަބާ ދިވެހިން ނުކިޔާނެ ދިވެހިން އަބަދުވެސް ތިބޭނީ ދިވެހިންގެ ގޮތުގައި މިނިވަންކޮށް ގަދަކޮށް، ދިވެހިންނަކީ ކޮޅުބަދަލުކޮށް ރާގުބަދަލް ކުރާނެބަޔެއް ނޫން! އަދިވެސް މަށަށް ހީވަނީ މަށަކީ އދ ގެ ރައީސް، އަދި ފޮރިން މިނިސްޓާހެން !
comment ޔޫސުބު
8 month 2 week ago
ޝާހިދު އެކިޔަނީ ވަރަށްވާހަކަ... އަހަރުމެންނަށް ހިންދެމިނުލެވޭވަރަށް ކަލޭމެން އަހަރުމެން އަތްދަށުލާށޭ ދޭށޭ
comment ޒިއު
8 month 2 week ago
އަހަރެމެންގެ ފަލަސްތީނުގެ އަޚުންނާއި އުޚުތުން ކަތިލުމުގެ ގަތުލްއާމްއަށް އެހީވެދޭ އަދި ހަތިޔާރާއި ތަކެތި އިސްރާއީލަށް ފޯރުކޮއްދޭ އިންޑިޔާއާއި އެކު މި ރާއްޖޭގެ ސަރުކާރު ގުޅުން ބަދަހި ކުރުމަކި އަހަރެމެން ދުވަހަކުވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. މި މީހުންނަކީ ޔަހޫދީންފަދަ ބަޔެއް.
comment އެމެރިކާ
8 month 2 week ago
ރާއްޖެއަ ގެއްލުންވާ ކަންކަމުގަ އިންޑިޔާ ވަންނަންޏާ ދިވެހިން ރުޅި އަންނަނެދޯ؟
comment ފިއު
8 month 2 week ago
މިވަގުތު މިތާ ތިބި އިންޑިޔާގެ ހައެއްކަ އެޖޭންޓުންނާއި އަދި ނަގުފިތިފައޮތް މި ދެއުޅިއެއްނެތް މުއިއްޒުގެ ސަރުކާރުން އިންޑިޔާއަށް ސަނާކިޔައި މިތަނަށް ވެލްކަމް ކިޔަކަސް މި ރާއްޖޭގެ ފަސްގަނޑުގައިތިބި ހަގީގީ ދިވެހިންނެއް އިންޑިޔާއަކަށް ވެލްކަމް އެއް ނުކިޔައެވެ.
comment ހިބަރަަޭ
8 month 2 week ago
މި ހިބަރު ވަދަކީ ވަރައް އަޑިނުބައި މީހެއް ...ދިވެހިންނައް ހެވެއްނޭދޭނެ.....ކަނޑު ވިއްކި ގުރޫޕު ހެޑު