އިންޑިއާއަކީ ރާއްޖެއަށް އަގުނުކުރެވޭ ވަރުގެ އެކުވެރިއެއް ކަމަށާއި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާގެ އެހީތެރިކަން ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ހަވާލުކުރުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އެ މަޝްރޫއުތަކުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަގުނުކުރެވޭ ވަރުގެ އެކުވެރިއެއް ކަަަމަށް -- ފޮޓޯ/ ރައީސް އޮފީސް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޖައިޝަންކަރުގެ ދަތުރުފުޅާއެކު އިންޑިއާއާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ގޮސް ދެ ގައުމުގެ ގުޅުން އިތުރުވާނެ ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުމެއް ޖެހޭ ހިނދެއްގައި އެހީތެރިވުމަށް އެންމެ ކުރީ ސަފުގައި އޮންނަ ގައުމެއް ކަމަށެވެ.
"އިންޑިއާއަކީ ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި ރާއްޖެއަށް އެހީތެރިވާން އޮންނަ ގައުމެއް. އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމުގައި އަގުނުކުރެވޭ އަވައްޓެރިއެއް،" ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ޢިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން--- ފޮޓޯ: ރައީސް އޮފީސް
ހަމައެއާއެކު އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް މުހިއްމު އެހީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ފެންވަރު ރަނގަޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ އިސްވެރިންނާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން އިންޑިއާ ސަފީރު މުނު މަހާވަރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
comment ބޯވަ.
8 month 2 week ago
އަދިކިރިޔާ ތޯ އެގިވަޱައި ގަތީ.ޖެހިފޮޱި ބުޱަށް.މިޔޮތީ ވަާ ގައުމެއް.
comment ެިއިން
8 month 2 week ago
މި ބާވަތުގެ ބޯވަ ކުލަބަދަލު ކުރާހެން ވާހަަކައާއި އަމަލު ބަދަލު ކުރާ ވެރިން ލައިގެން ހަމަ ގައުމަށް ހެވެއް ލިބުދާނެތޯ.؟ އެހެންނަމަ މާތް ރަސްކަލާނގެ ހަތް އުޑުމަތިން ބާއްވާލެއްވި މަތިވެރި އިސްލާމްދީނުގައި ދޮގުހެދުމާއި އޮޅުވާލުން އެއީ ނުބައި ސިފަތަކެއްކަމުގައި ލައްވާފަވަނީ ކީއްވެތޯއެވެ.؟
comment ގައު
8 month 2 week ago
މިއަދުގެ ސަރުކާރަކީ ޖާހިލުން އިސް ސަފަށްނެރެގެން އުޅޭ ޖަހާލަތުގެ މަރުކަޒެއް. ސޭކުސްތާނުގެ ބޮލުގެ ނާށިގަނޑުން ދިޔަ ހިކިފަތިބި ރައްޔިތުންގެ ވޯޓުހޮވި ޖަހާލަތު ދޮގުދޮލަނގު ސަރުކާރު. ސޭކުސްތާނަށް ވާނީ މިހާކަށްވަރު. އެކަމަކު ސޭކުސްތާނުގެ ރައްޔިތުން ދެކޭނީ ދުބާއީ ކުލަވަރުގެ ތަރްގިއްޔޯ. މިހެން ބުނާއިރު ލައިގެން ހުރި ޗައްޕަލުގަނޑު ރަހުނުކޮއްގެންވެސް ދަރަނިން ސަލާމަތް ވުމެއް ނެތް. އަދި މިއަދު ގައުމަކީ މިއީ އިންޑިޔާ ހިތުހުރިގޮތެއް ހަދަން ގެންގުޅޭ ހިމާރު ގަނޑެއް. އެމީހުންގެ އަތްދަށުގެ ރާއްޖޭގެ މާލިއްޔާވެސް ސަރުކާރުވެސް އަދި މަޖިލީސްވެސް. ވީމާ ސޭކުސްތާން މިއޮތީ ހަމަ މިނިވަންކަންމަތީއެވެ.
comment އަލްޖިބްރާ
8 month 2 week ago
މިހާރު ތިޔަ ގޮވަނީ ކޯން ޗެކޭތަ ؟ ވަކިބައެއްގެ ނިވަލުގަ ނޫޅެނަމޭ ، މިވެނި އެވެނި ބައެއްގެ އެހީ ބޭނުމެއް ނުވާނެއޭ ތުރުކީއޭ ފަޅޮލޭ ގޮވި ދުވަސް ހަދާން އެބަހުރިތަ ؟ ތިވަރުގެ މީހުން އެހެންމީހުނާ ޖައްސާލައިގެން ނޫޅުނީމަ ތަންފުކެއް ތާހިރުވާނެ !
comment ކއޒބ
8 month 2 week ago
ވީ މޭބީ ސްމޯލް، ބަޓް ދެޓް ދަޒަންޓް ގިވް ޔޫ ދި ލައިސަންސް ޓު ބުލީ އަސް