އެޕާޓްމެންޓަކުން 26،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމެންޓަކުން 26000 އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި--ފޮޓޯ/މޯލްޑިވްސް ޕޮލިސް ސާވީސް

މާލޭގެ އެޕާޓްމެންޓްއަކަށް ވަދެ 26،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ އެޕާޓްމެންޓަކަށް ވަދެ ފައިސާތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި މާލޭ (މ. ދިންމަނާ) އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަބްދުﷲ ތިލްމީޒް މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ފޭރުނު 26،960 ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މީގެ ކުރިން، ހިޔާ ސަރަހައްދުގައި އަންހެނުންތަކެއް ދަޅަދައްކައިގެން ފޭރުނު މައްސަލައެއް ވެސް ފެންމަތިވިއެވެ.

https://sun.mv/192840

ފޭރުމާއި ރަހީނުކުރުމުގެ މައްސަލަތައް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. އެކަމަށް ސަމާލުވާން ފުލުހުން ވަނީ މީގެ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ އިންޓެލް އިން ދަނީ މިކަން ކަން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

comment ކޮމެންޓް