Coke
Coke

ހައުސް އޮފް ޑްރެގަން ހަތަރު ވަނަ ސީޒަނުން ނިންމާލަނީ

އެޗްބީއޯއިން މިހާތަނަށް އެޅުވި އެންމެ ބޮޑު ޝޯ "ގޭމް އޮފް ތުރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ދަ ޑްރެގަން"ގެ ހަތަރު ވަނަ ސީޒަނާ އެކު ޝޯ އެއްކޮށް ނިންމާލެވޭނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފިއެވެ.

ADK GENERAl

ގޭމް އޮފް ތުރޯންސްގެ ދުނިޔެއަށް ބިނާކޮށް އުފެއްދި ޕްރީކުއެލް ޝޯ 2022 ވަނަ އަހަރު ދައްކަން ފެށުމާ އެކު އެ ޝޯ ވެފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ބޮޑު ޝޯއަކަށެވެ. އެއާއެކު ދެ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އަދި ޝޯގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑު ދައްކާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

އެއާއެކު ޝޯގެ ތިންވަނަ ސީޒަންގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. މި ޝޯގެ ތިންވަނަ ސީޒަނަކަށް ޝޯ ރިނިއު ކޮށްފައިވަނީ ދެވަނަ ސީޒަން ދެއްކުމުގެ ވެސް ކުރިންނެވެ.

އެޗްބީއޯއިން މައުލޫމާތު ދޭ ގޮތުގައި ޝޯގެ ތިންވަނަ ސީޒަންގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނެއެވެ. އެހެންވީމާ 2026 ވަނަ އަހަރުގެ ފަހު ކޮޅުގައި އާ ސީޒަނެއް ބަލާލަން ލިބޭނެއެވެ.

ޝޯގެ ޕްރޮޑަކްޝަނުން ބުނެފައިވަނީ ޝޯގެ މުޅި ވާހަކަ އެއްކޮށް ހަތަރު ސީޒަނުން ކިޔައިދީ ނިމޭނެ ކަމަށެވެ. އެހެންވުމުން ހަތަރު ވަނަ ސީޒަނަށް ފަހު ޝޯ ނިންމާލާނެ ކަމަށް ވެސް ވަނީ ޕްރޮޑަކްޝަނުން ބުނެފައެވެ.

ގޭމް އޮފް ތުރޯންސް ދުނިޔެއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދެވަނަ ޝޯ ނިމެން ގާތް ވަމުން ދާއިރު އެޗްބީއޯއިން ވަނީ އެ ދުނިޔެއަށް ބިނާކޮށް އާ ޝޯއެއް އިއުލާނުކޮށްފައެވެ. އަލަށް އިއުލާނު ކޮށްފައިވަނީ ޕްރީކުއެލް ޝޯއެއް ކަމަށްވާ "ނައިޓް އޮފް ދަ ސެވެން ކިންގްޑަމްސް" ނަމަކަށް ކިޔާ ޝޯއެކެވެ.

މި ޝޯގެ ޓައިމްލައިން ހިމެނެނީ ހައުސް އޮފް ޑްރެގަން އާއި ގޭމް އޮފް ތުރޯންސްގެ ދެމެދުގައި ހިނގާ ކަންތައްތަކަށެވެ. އަންނަ އަހަރު މި ޝޯ ދައްކަން ފަށާނެއެވެ.

Redstar
comment ކޮމެންޓް