ޔޫއްޕެގެ ބިރުވެރި ފިލްމް ސާޔާ ގެ ފުރަތަމަ ޝޯ މާދަމާ ރޭ އޮލިމްޕަސްގައި އަޅުވަނީ

ޔޫއްޕެގެ ބިރުވެރި ފިލްމް ސާޔާ ގެ ފުރަތަމަ ޝޯ މާދަމާ ރޭ އޮލިމްޕަސްގައި އަޅުވަނީ-- ފޮޓޯ: ޝައި ޕްރޮޑަކްޝަން

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ބިރުވެރި ފިލްމު "ސާޔާ" ގެ ފުރަތަމަ ޝޯ މާދަމާ ރޭ އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ސާޔާގެ ޕްރީމިއާ ނައިޓް މާދަމާ ރޭ އޮންނައިރު، މި ފިލްމުގެ 18 ޝޯ އޮލިމްޕަހުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ސާޔާ ފިލްމްގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް "ސަން" އާ ވާހަކަދައްކަމުން ބުނީ މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެއް ކަމަށެވެ.

"މި ފިލްމަކީ މިއަހަރު ފެނިގެންދާނެ އެންމެ ތަފާތު އެންމެ ސަޅި އެއް ފިލްމް" ޝަފީގް ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އުފައްދާ މި ބިރުވެރި ފިލްމު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ޔޫއްޕެގެ ބިރުވެރި ފިލްމް ސާޔާ ގެ ފުރަތަމަ ޝޯ މާދަމާ ރޭ އޮލިމްޕަސްގައި އަޅުވަނީ-- ފޮޓޯ: ޝައި ޕްރޮޑަކްޝަން

މި ފިލްމުގެ ލީޑް ރޯލްތަކުން ޔޫއްޕެ އާއި އައިމިނަތު ރަޝްފާ (އާޝާ)ފެނިގެންދާއިރު. އިތުރު ތަރިންގެ ތެރޭގައި އަހުމަދު ނިމާލް އާއި މުހައްމަދު މަނިކު އަދި އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެއެވެ.

ޔޫއްޕެގެ ޕްރޮޑަކްޝަން "ޝައި ޕްރޮޑަކްޝަން" އިން އާންމުކޮށްފައިވާ ފިލްމުގެ ފައިނަލް ޓްރެއިލަރުގައި ފިލްމުގެ އާ މަންޒަރުތަކެއް ވަނީ މިދިޔަ ހޮނިހިރު ދުވަހުދައްކާލާފައެވެ.

ފަޅު ރަށެއްގެ ތެރެއިން ގޮތް ނޭނގޭ އަންހެނެއް ފެންނަ ހިސާބުން ކަންތައް ވެގެން ދާ ގޮތް ޓްރެއިލަރުން ފެނިގެންދެއެވެ.

ސާޔާއަކީ ޔޫއްޕެ އުފައްދާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ރިލީޒްކޮށްފައެވެ. އޭގެ އިތުރުން "އެ ދަތުރު"އާއި "ދައުވަތު" ފަދަ ފިލްމުތަކަކީ ވެސް ޔޫއްޕެ މަގްބޫލުކަން ހޯދާފައިވާ ބިރުވެރި ފިލްމްތަކެވެ.

comment ކޮމެންޓް