ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ގިނަވެގެން 10 ދުވަހު ބޭއްވޭ ގޮތަށް އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރައިން އުސޫލަށް ބަދަލު ގެނެސްފިއެވެ.
މީގެކުރިން ފެއާ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާ އުސޫލުގައި އޮންނަ ގޮތުން މިފަދަ ބާޒާރުތައް ބޭއްވޭނީ ގިނަވެގެން ހަތް ދުވަހަށެވެ.
ނަމަވެސް މި އުސޫލަށް ބަދަލު ގެނެސް އިއްޔެ އެ ވުޒާރާއިން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ އުސޫލުގައި ވަނީ މި މުއްދަތު 10 ދުވަަހަށް އިތުކޮށްފައި ވާކަމަށެވެ.
ނައިޓް މާކެޓްތައް ނުވަތަ މަގުމަތީ ބާޒާރުތައް ބާއްވަނީ ހެޔޮ އަގުގައި ރައްޔިތުންނަށް ބޭނުންވާ ސާމާނު ހޯދައިދީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
އަލްޙާ އީދާއި ފިތުރު އީދާއި ރޯދަމަސް ފަދަ ދުވަސްތައް ކައިރިވުމުން ސިޓީ ކައުންސިލްތަކުން ވެސް ނައިޓްމާކެޓްތައް ބޭއްވުމަކީ ކުރަމުން އަންނަ ކަމެކެވެ.