ފޮތި ނެޕީ ބޭނުން ކުރަން ބާރުއަޅާ މަގޫދޫގައި ޕްރޮގްރާމެއް ފަށައިފި

މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް "ބުޑު ފޮތި" ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މަގޫދޫ ކައުންސިލް

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ފޮތި ނެޕީ ބޭނުންކުރުމަށް ބާރުއަޅާ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން "ބުޑު ފޮތި"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަށުގައި އުފެދޭ ނެޕީ ކުނި މަދުކޮށް، ރަށަށް އެތެރެ ކުރެވޭ ޑިސްޕޯޒަބަލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ނެޕީ މަދުކޮށް، މުޖުތަމަޢުގައި ރީޔުސަބަލް ނެޕީ ބޭނުންކުރުމުގެ ސަޤާފަތެއް އާލާކުރުމެވެ.

ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރަށުގައި މިވަގުތު ތިބި ނެޕީ ޖަހާ ހުރިހާ ކުދިންނާއި އެކުދިންގެ އާއިލާތައް ހިމެނޭ ގޮތައް ޖުމްލަ 32 އާއިލާއިން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ.

މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް "ބުޑު ފޮތި" ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މަގޫދޫ ކައުންސިލް

މި ޕުރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ކޮންމެ އާއިލާއަކަށްވެސް ރީޔުސަބަލް ނެޕީ ކިޓެއް ހަވާލުކޮށް އެކިޓް ބޭނުންކުރާނެ ގޮތުގެ މަޢުލާމޫތު ވަނީ ފޯރުކޮށްދީފައެވެ.

އަދި ދަރިންނަށް ރައްކާތެރި ސިއްޙަތާއި ވެއްޓެއް ކަށަވަރުކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސްކުރުމަށް އެއްބަސްވެ ޕްލެޖެއްގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ ސޮއި ކޮށްފައެވެ. މީގެ އިތުރުން، މި ރީޔުސަބަލް ނެޕީ ޓްރައިލްއަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ބައިވެރިވާ މެންބަރުން ހިމެނޭ ސަޕޯޓް ގްރޫޕެއް މި އިވެންޓްގައި ވަނީ އިފްތިތާހް ކޮށްފައެވެ.

މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް "ބުޑު ފޮތި" ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މަގޫދޫ ކައުންސިލް

މި ގްރޫޕްގެ ބޭނުމަކީ ބައިވެރިންގެ ރީޔުސަބަލް ނެޕީގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް، އެކަކު އަނަކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތު ފަހިކުރުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް "ބުޑު ފޮތި" ޕްރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މަގޫދޫ ކައުންސިލް

ބުޑު ފޮތި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ރަށުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާއި ގުޅޭ ސާވޭއެއް ކޮށް އެ ކަމާ ބެހޭ މަޢުލޫމާތު ވެސް ވަނީ އެއްކޮށްފައެވެ.

ބުޑު ފޮތި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މާޖިދާ ހަސަން ވިދާޅުވީ، ނެޕީ ކުނި މެނޭޖްކުރުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައެވެ. އަދި ނެޕީ ކުނި ޖަމާވެފައި ހުރުމަކީ ހެލްތު ހެޒާޑެއް ނުވަތަ އޭގެ ސަބަބުން ސިއްޙަތައް ނުރައްކަލެއް ކުރިމަތި ކުރުވަފާނެ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް