Dhiraagu
Dhiraagu

ޓޫރިޒަމް ޕީކާއި ވައިނުސާފުވުމާ ދިމާވެ ފަތުރުވެރިކަމަށް ގެއްލުންވެދާނެތީ ނަޝީދުގެ ކަންބޮޑުވުން

ކޮޕް29 ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޓަވިއުއެއް ދެއްވަނީ --

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ވެސް ދިމާވާ މި ދުވަސްވަރާ، ވައި ނުސާފުވުމުގެ މައްސަލަ ދިމާވާތީ، ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ADK GENERAl

އާންމު ގޮތެއްގައި ޖެނުއަރީން ފެށިގެން، ނުވަތަ އިރުވައި މޫސުން ފެށުމާއެކު ރާއްޖެއަށް ވައި ނުސާފުވުމުގެ މައްސަލަ މެދުވެރިވެއެވެ.

މިދިޔަ ހަފުތާ ތެރޭ މާލެ ސަރަހައްދުގައި ސިއްހަތަށް ނުރައްކާ މިންވަރަށް ވަނީ ވައި ނުސާފުވެފައެވެ.

މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކްލައިމެޓް ވަލްނެރެބެލިޓީ ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ ވައިގެ ކޮލިޓީ ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ދަށްވާއިރު މިއީ ޓޫރިޒަމްގެ ވެސް ޕީކް ދުވަސްވަރު ކަމަށެވެ.

އަދި މި ކަން އަބަދު މެދުވެރިވާނަމަ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ޔަގީންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ވައި ނުސާފުވާ ހުރިހާ ތަޣައްޔަރުކަމެއް ރާއްޖޭގެ ސަރަހައްދަށް އަންނަނީ އެހެން ގައުމުތަކުން ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ގައުމުތަކުން މަސައްކަތް ކުރަންޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ މިފަހުން ރާއްޖެއަށް ވިއްސާރަކުރާ މިންވަރު ކުރިއަށްވުރެ އިތުރުވެ ލިބޭ ގެއްލުންތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މޫސުމީ މައްސަލަތައް ރާއްޖެއަށް ކުރިމަތިވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަވާން ފަށައިފައިވާއިރު ސަރުކާރުން ވެސް އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެކި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ގައުމުތަކުގެ އެހީ ބޭނުންވާކަމަށް އަންނަނީ ބުނަމުންނެވެ.

Redstar
comment ކޮމެންޓް

comment އަލީ

1 month 2 week ago

ރިލިވެންޓް ވާން އުޅޭ އިރިލަވެންޓް މީހެއް

comment ދދ

1 month 2 week ago

ނިއުދިއްލީގެ ޖައްވުގެ ދުމާއި ނުސާފުކަން އިންޑިޔާ ކަންޑުގެ ބޮޑު ސަރަހައްދަކަ ފެތުރިފައި މިވަނީ ،

comment ލލ

1 month 2 week ago

ތިޔައީ ﷲ ގެ ކުޅަދުން ވަންތަކަން ދައްކުވައިދޭ ކަމެއް، އެކަލާގެ އިރާދަކުރައްވާ ގޮތަކަށް މިކާއިނާތުގެ ކަންކަން ހިގަމުންދާނެ !

reply އޮރެންޖް

1 month 2 week ago

ލލ. ދައިގަންނަގުރޭ އެބުނާހެން އެބައެއްގެ ހާލަތު ރަނގަޅުކުރަން އެބަޔަކު މަސައްކަތްކަތްކުރަންޖެހޭ. މާލޭގައި ސައިކަލްތައް އިތުރުވެފައިވާ ވަރުން މިހާރު މުސްކުޅިއަކު ބިރަކާ ނުލާ ހިނގާލެވެން ނެތް. ޖާގަ އެހާބޮޑަށް ނަގައިފި. މާފަންނަު ސަހަރާވެސް އެއޮއް ހަލާކުކުރަނީ ވެހިކަލްތައް ޕާކުކުރަން. ދިވެހިން އަމިއްލައަށް ސައިކަލްކުރަން ނޫޅެންޏާ ރަނގަޅުވާނެ ގޮތެއް އޮވެދާނެ. ﷲ އިރާދަކުރެއްވި ގޮތޭ ކިޔާފަ އަޅާނުލާ ހަމަ ސައިކަލްއިތުރުކޮށްކޮށް ތިބޭނަމަ ވާނެގޮތް ވިސްނާލާ.

reply ދައިގަންނަގުރާ

1 month 2 week ago

އެހެންވީމަ ތިޔަބުނީ ﷲ އިރާދަކުރައްވާތީ އިންޑިޔާއިން ދުން އަރުވަނީއޭ؟ އެބައެއްގެ ޙާލަތު ރަގަޅުކުރަން މަސައްކަތް ކުރަންވެސް އަންގަވާފަވޭ، އިނގޭތޯ؟

comment ވައިނުސާފޭ

1 month 2 week ago

އިންޑިޔާގެ ނުތާހިރުކަން މުޅި ސަރަޙައްދަށް

comment ނުކިޔަވާ މީހާ

1 month 2 week ago

ދެން ކޮންމެސް އެއްޗެކޭ ކިޔައިގެން "މަވާ މޮޅީމޭ" ކިޔަން ޖެހޭ ދޯ!!!

reply ވަހީދު

1 month 2 week ago

މުޅިމާލޭ އެންމެނަށް ރޯގާޖެގިފަ. މާލެޔާ ޖެހިގެން އޮންނަ ރަށް ނުފެންނަ ހިސާބަށް ދިޔަ ޢިރުވެސް މިކަމާ އަނަގައިން ބުނާނެ މީހަކު ނުވި. ރައީސް ނަޝީދު މިވާހަކަ ދެއްކީމާ އިބޫގެ ސަޕޯޓަރުން ކަންބޮޑުވީ.