މެލޭޝިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

މެލޭޝިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ-- ފޮޓޯ: އެމްއޭސީއެލް

މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މިގޮތުން މެލޭޝިއާ އެއާލައިންސްއިން ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

އެމްއޭސީއެލްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހަފުތާގެ ހަތް ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ، މި އެއާލައިން އިން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރާނީ ބޮއިން 737- ޑޭޝް 8 މަކުރާގެ 174 ސީޓުގެ ފުލައިޓެއް ކަމަށެވެ.

މެލޭޝިއާގެ ގައުމީ އެއާލައިން އިން ރާއްޖެއަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ޙާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި މެލޭޝިއާގެ އެއާލައިންސްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެލޭޝިއާ އެއާލަައިންސް އިން އެންމެ ފަހުން ރާއްޖެއަށް ދަތުރުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ. އެއާ އޭޝިއާ އާއި ބަޓިކް އެއާފަދަ އެއާލައިންތަކުން މިހާރު ވެސް މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރެއެވެ.

https://sun.mv/194644

މިފަހުން ބައެއް އެހެން އެއާލައިންތަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާއިން އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާއިން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ޑައިރެކްޓް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް