ޖާންވީގެ ފިލްމު 'މިސްޓަ އެންޑް މިސިސް މާހީ' ނެޓްފްލިކްސްއަށް

މި އަހަރުގެ މެއި މަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "މިސްޓަ އެންޑް މިސިސް މާހީ" ނެޓްފްލިކްސްގައި ޕްރިމިއާކޮށްފިއެވެ.

ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ރާޖްކުމާރު ރާއޯ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ، ދަރުމާ ކުންފުނީގެ ފިލްމެކެވެ. މި ފިލްމަކީ، ޝަރަން ޝަރުމާ ޑައިރެކްޓްކޮށް ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ޖާންވީ އާއި ރާޖްކުމާރު ކުޅެފައި ވަނީ ކުރިކެޓު ކުޅެން ފޯރި ހުންނަ ދެމަފިރިއެއްގެ ރޯލެވެ.

ދެމަފިރިންގެ ހަލަބޮލި ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ ތެރެއިން ވެސް ކުރިކެޓު ކުޅުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން އެ ކުޅިވަރަށް ވަގުތު ހޯދުމަށް ކުރާ މަސައްކަތްތައް ފިލްމުން ދައްކުވައިދޭނެއެވެ. ޚާއްސަކޮށް ޖާންވީގެ ކެރެކްޓާއަކީ ދިރިއުޅުމުގައި މުޅިން ތަފާތު ދާއިރާއަކުން ތައުލީމު ހާސިލުކޮށް ކުރިޔަށްދާ މީހަކަށްވެފައި ކުރިކެޓު ފަދަ ކުޅިވަރަކުން ޖާގަ ހޯދާނެ ގޮތާ ބެހޭގޮތުން ކުރެވޭ ބަހުސްތަކާ އެކު ކާމިޔާބު ހޯދާ ގޮތް އެއީ ކޮންމެ މީހަކަށްވެސް ލިބޭނެ އިބުރަތެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ފިލްމު "މިސްޓަ އެންޑް މިސިސް މާހީގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނުއިރު ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފިލްމަށް ކުރިޓިކުން މަސްހުނި ރިވިއުތަކެއް ދިން އިރު ވަރަށް ގިނަ ބަޔަކު ވަނީ ޖާންވީ އާއި ރާޖްކުމާރު ފިލްމު ކުޅެފައިވާގޮތާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.

ފިލްމަކީ އައިޕީއެލްގެ ފައިނަލް މެޗެއް ބަލާލުމުން ލިބޭ ހިތްހަމަޖެހުން ހޯދައިނުދެވޭ ފިލްމަކަށް ވިޔަސް ވަގުތު ހޭދަކޮށް ބަލާލަން އެންމެ ރަނގަޅު ފިލްމެއްގެ ގޮތުގައި ގަލްފް ނިއުސްވަނީ ބުނެފައެވެ. މި ފިލްމަށްފަހު ޖާންވީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އުލަޖް"އިންނެވެ.

comment ކޮމެންޓް