ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު

މި އަހަރުގެ މިނިވަން ދުވަހުގައި ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު --- ފޮޓޯ/ ދިރާގު

މި މިނިވަން ދުވަހު އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ވަނީ ލޯންޗުކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވެގެން ގުރުއަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ދޭން އެ ކުންފުނިން ވަނީ ނިންމައިފައެވެ.

މި ކޮންޓެސްޓް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެ ގޮތުން، ކޮންމެ ފަރާތަކުން ވެސް މިނިވަން ދުވަހުގެ ޚާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

ބައިވެރިވުމަށް ފޮޓޯ ހިއްސާކުރަން ވާނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި #Minivan26 ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހުގައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށާއި ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް މެދުވެރިކޮށް ކޮންމެ ޕްލެޓްފޯމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އިނާމުގެ ގޮތުގައި ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާއަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ވެސް ލިބޭނެއެވެ.

މީގެ އިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފުތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 100ޖީބީ ލިބޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ކުރިއަށްގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ވަނީ ދިވެހިރާއްޖޭއަށް 59 އަހަރުވާ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފައެވެ. އަދި، އެ ކުންފުނީގެ އަމާޒަކީ މިފަދަ ޚާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

comment ކޮމެންޓް