ދިރާގު އީދު ހަދިޔާ: 5 މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ 12ޖީބީ ޑޭޓާ ފޮނުވާލެވޭނެ

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި, ފަސް މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ 12ޖީބީ ޑޭޓާ ފޮނުވުމުގެ ފުރުސަތު ލިބޭ އޮފާއެއް ފަށައިފިއެވެ.

ދިރާގުން ބުނީ، އެ އޮފާގެ ދަށުން، ދިރާގު ކަސްޓަމަރުންނަށް އީދު ހަދިޔާގެ ގޮތުގައި އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް 12 މަސް ދުވަހުގެ މުއްދަތައް 1ޖީބީ ޑޭޓާ ކޮންމެ މަހަކު ހިލޭ ލިބޭ ގޮތަށް ފޮނުވާލެވޭނެ ކަމަށެވެ.

އެއީ ދިރާގު ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ އޮފާއެކެވެ.

އެކަމާ ބެހޭގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އީދުގެ އުފާވެރި މުނާސަބަތުގައި ތައާރަފުކުރި އެ އޮފާ މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންގެ އާއިލާއާއި ރަހުމަތްތެރިންގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"އީދުގެ އުފަލުގައި އެންމެން ބައިވެރިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި، އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ އޮފާގެ ދަށުން އީދު ހަދިޔާ ފޮނުވޭނެއެވެ. ދިރާގުއެޕް މެދުވެރިކޮށް ފޮނުވޭ އެ ހަދިޔާއިން، ކޮންމެ މަހަކު ލިބޭ 1ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.

އެކި މުނާސަބަތުތަކަށް ޚާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް