މިއަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ކޮންމެ އަހަރެއްގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ "އީދު ބައިބަލާ ޗެލެންޖު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތް މިމަހު އެކެއްގައި ފަށާފައިވާއިރު، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ، މި މުބާރާތަކީ ރާއްޖޭގެ ގިނަ ކުލަބުތަކުން ދުރާލާ ތައްޔާރުވެގެން ވަރަށް ފޯރިއާއެކު، ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.

ބައިބަލާއަކީ ދިވެހީންގެ ތެރޭގައި، ވަރަށް މަގުބޫލު ކުޅިވަރަކަށްވާއިރު، މި މުބާރަތަކީ ވަރަށް ގިނަ ބައެއް ޝައުގުވެރިކަމާއެއްކޮށް ބަލަމުން އަންނަ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް، ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހީން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބޭ ބަޔަކަށް ހަދަން މަސައްކަތް ކުރާ ކުންފުންޏެކެވެ.

އެގޮތުން، އެކި ފަރާތްތަކާ ގުޅިގެން މިފަދަ މުބާރާތްތައް އާންމުންނާ ހަމައަށް ގެނެސްދޭން ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

comment ކޮމެންޓް