ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ކުރިޔަށް ގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ"އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ "ދިރާގު ސައި"ގެ ނަމުގައި ބޭއްވި ނާސްތާ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މާލެ އާޓިފިޝަލް ބީޗާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން މިއަދު ކުރިޔަށް ގެންދިޔަ އީދު ސަޔާއި ހަދިޔާދިނުމަށް އާންމުންގެ ބޮޑު ތަރުހީބެއް---ޕޮޓޯ/ދިރާގު
އަދި އެހެން އަހަރުތަކާ ވެސް އެއްފަދައިން އީދު ނަމާދަށް ފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބެހިކަމަށާއި، މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ވެސް އެ ހަރަކާތް ކުރިޔަށް ގެންދިޔަކަމަށް ދިރާގުން ބުނެއެވެ.
އެ ރަށްތަކަކީ:
- ކުޅުދުއްފުށި ސިޓީ
- އައްޑޫ ސިޓީ
- ފުވައްމުލައް ސިޓީ
- ތިނަދޫ ސިޓީ
- ލ. ގަން
- ބ. އޭދަފުށި
- އދ. ދަނގެތި
މި ހަރަކާތާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ އެ ހަރަކާތުގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އީދު ޖޯޝާއި ފޯރީގައި އެއް ތަނަކަށް އެއްވެ އީދު ފާހަގަކޮށް، އެ ހަރަކާތްތަކަށް އެހާ ބޮޑު ތަރުހީބެއް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
އަދި އެ ފަދަ ހަރަކާތްތައް މެދުވެރިކޮށް އެއްބައިވަންތަކަން އާލާކޮށް، މުޖުތަމައުއަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް ވެސް އޭނަ ބުންޏެވެ.

ދިރާގުން މިއަދު ކުރިޔަށް ގެންދިޔަ އީދު ސަޔާއި ހަދިޔާދިނުމަށް އާންމުންގެ ބޮޑު ތަރުހީބެއް---ޕޮޓޯ/ދިރާގު
މީގެ އިތުރުން ދިރާގުން ބުނީ އެ ކުންފުނިން ދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.