މާލެ ސަރަހައްދުގެ މަގުތަކުގައި ރަޖިސްޓްރީ ނުކުރާ 1000 އަށްވުރެ ގިނަ ވެހިކަލް

އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނުކުރާ 1100 އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކޮށްފައި އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީއިން ރޭ އިފްތިތާހުކުރި "މާލެ ފަހި" ރިޕޯޓުގައި ބުނާ ގޮތުން މާލެ ސަރަހައްދުގައި 118000 އަށްވުރެ ގިނަ ވެހިކަލް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި އެކެއްގެ ނަމުގައި، އެކަކަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައި ވާކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ވެހިކަލް ތަކުގެ ތެރޭގައި ތަފާތު ލޯން ސްކީމުތަކުގެ ދަށުން އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ އަދެއްގެ އުޅަނދުތައް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. މިފަދަ އުޅަނދުތަކަކީ ހަމަ އަގުގައި ވިއްކާލެވޭނެ ފުރުސަތުތައް ނެތުމުން މަގުމަތީގައި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތަކެއްކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

މި މައްސަލަ ހައްލު ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ނިންމާފައިވަނީ ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައް މަގުމަތީގައި ގުދަންކުރުމުގެ ބަދަލުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ ވަކި ސަރަޙައްދަކުން ބިން ކަނޑައަޅައ،ި ވިޔަފާރި އުޞޫލުން އެ ފަރާތްތަކަށް ޖާގަދޫކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް