މަޓާޓޯއިން ސްޓޫޑެންޓް ޗެޕްޓާ އިފުތިތާހުކޮށް، ގުޅުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ސްޓޫޑެންޓް ޗެޕްޓާ އިފްތިތާހުކޮށް، ސްޓޫޑެންޓް ޗެޕްޓަރާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަޓާޓޯއިން ބުނީ މި އިސްނެގުމަކީ ދަރިވަރުންނަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި ސްޓޫޑެންޓް ޗެޕްޓަރުގެ މަގްސަދަކީ ޒުވާނުން ބާރުވެރިކޮށްދީ ލީޑާޝިޕްގެ ހުނަރުތައް ކުރިއަރުވާ ސިނާއަތުގެ އިލްމު އިތުރުކޮށް، ކުރިއަށްއޮތް ކެރިއަރަށް ފައިދާހުރި އަގުހުރި ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް މަޓާޓޯއިން ބުންޏެވެ.

އަދި މި އިސްނެގުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ޝައުގުވެރިކަން ހުރި ޒުވާނުން ދާއިރާއަށް ނުކުތުމަށް އިތުރު ހިތްވަރަކަށް ވާނެ ކަމެއް ކަމަށްވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.

މަޓާޓޯ ސްޓޫޑެންޓް ޗެޕްޓަރުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާނީ ރަޖިސްޓްރީ ކޮށްފައިވާ ތައުލީމީ އިންސްޓިޓިއުޓެއްގައި ތައުލީމު ހާސިލްކުރާ، 16 އަހަރުން މަތީގެ ދަރިވަރުންނަށެވެ.

މި މިންގަޑަކީ ވީހާވެސް ގިނަ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދާދިނުމުގެ ގޮތުން ކަނޑައަޅާފައިވާ މިންގަނޑެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

މި ޕްރޮގްރާމް ފުރަތަމަ މާލެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް މަޓާޓޯއިން އަންނަނީ ކުރަމުންނެވެ. އަދި މުޅި ރާއްޖޭގައި ސްޓޫޑެންޓް ޗެޕްޓަރުގެ ނެޓްވޯކްތައް އުފައްދާ އެކި ދާއިރާތަކުގެ ދަރިވަރުންނަށް މި ތަޖުރިބާގައި ބައިވެރިވުމުގެ ހޯދުމުގެ ފުރުސަތުތައް ހޯދާދިނުމަށް މަޓާޓޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް