ކުރިއަށް އޮތް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024ގައި އެކުގައި މަސައްކަތްކުރުމަށް ޑަބްލިއުޓީއެމްގެ އޯގަނައިޒާސް ކަމަށްވާ އާރްއެކްސް ގްލޯބަލްއާއި މަޓާޓޯއިން ޕާޓްނަޝިޕް ހަދައިފިއެވެ.
މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާ މުޙިންމު ތަރައްގީއެއް ކަމަށާއި މީގެން ދޭހަކޮށްދެނީ މިފަދަ މުޙިންމު ދައުރެއް އަދާކުރުމަށް އެބޭފުޅުން ދެއްވި އިތުބާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ މަގާމެއް ލިބުމަށް މަސައްކަތުގެ މުހިންމު ކަމެއް ކަމަށް މަޓާޓޯއިން ބުނެއެވެ.
މި އެކްސްޕޯ ބާއްވާނީ ނޮވެންބަރު މަހު ފަހަކުން ހަތް ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައި ކަމަށްވާއިރު، މިތަނަށް ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 51،000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަން މަޓާޓޯއިން ބުނެއެވެ.
މަޓާޓޯއިން އިތުރަށް ބުނީ، މިއީ މަޓާޓޯއާއި ޑަބްލިޔުޓީއެމް ލަންޑަނާއިއެކު މަސައްކަތްކުރެވުނު ފުރަތަމަ ފަހަރެއް ނޫން ކަމަށާއި މިދެފަރާތުގެ ގުޅުން ފެށިފައިވަނީ 2016 ވަނަ އަހަރުގައި އެއްބަސްވުމަކާއިއެކު އިވެންޓްގައިވެސް ޕާޓްނާ ވެގެން ކަމަށެވެ.
މީގެއިތުރުން، މި ޕާޓްނާޝިޕާ ގުޅުވައި މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ، މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ޚާއްސަ ލަނޑުލަނޑިއެއް ކަމަށެވެ.
އެގޮތުން، ޑަބްލިއުޓީއެމް ލަންޑަނާއެކު އައުކުރެވިގެން ދިޔަ ގުޅުމުން ޔަގީން ކޮށްދެއްވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ވިދުވަރު އަލިކޮށް، ދެމެހެއްޓުމަށް މަޓާޓޯއިން ކުރަމުންދާ ހިތްވަރު ކަމަށް ސޫޒަން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޔަޤީންކުރަނީ މި އެއްބަސްވުމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ކަންކަން ދައްކައިދިނުމުގެ އިތުރުން އަޅުގަނޑުމެންގެ މެމްބަރުންނާއި ސްޓޭކްހޯލްޑަރުންނަށް ގުޅުންހުރި ފަރާތްތަކާއި ބައްދަލުވެ، މަޝްވަރާކޮށް އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ،" ސޫޒަން ވިދާޅުވިއެވެ.
މަޓާޓޯއިން ބުނީ، ޑަބްލިޔުޓީއެމްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުން ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިރާއްޖޭގެ މުޙިއްމުކަން ބަޔާންވެގެންދާ ކަމަށާއި މި އެއްބަސްވުން ކުރެވިފައި ވެސް މިވަނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ދިވެހިރާއްޖެއިން ތަފާތު އެތައް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކެއް ދެއްކުމަށް ރޭވިފައިވަނިކޮށް ކަމަށެވެ.
މި އިވެންޓުގައި މަޓާޓޯއާއި މަޓާޓޯގެ މެމްބަރުން ދިވެހިރާއްޖޭގެ އެންމެ ހިތްގައިމު އަދި ފަތުރުވެރިންނަށް އެންމެ ކަމުދާނެ ޕްރޮޑަކްޓްސް ދައްކައިދޭ މަންޒަރުތައް ފެންނާނެ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.