ބަނގުރަލުގެ މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރު ކޮަށްފި

ފުލުހުން ހިންގާ އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ/ ފުލުހުން

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ބަނގުރަލުގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވާކަމަށެވެ.

އަދި އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައި ވާކަމަށެވެ. މި ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

https://sun.mv/194526

މީގެ ހަތަރު ދުވަސް ކުރިންވެސް ވަނީ ބަނގުރާ ކޭސްތަކެއްގެ މައްސަލައެއްގައި ފުލުހުން ހުޅުމާލެއިން ބިދޭސީއަކު ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށަފައި ވަނީ އުމުރުން 23 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

comment ކޮމެންޓް