18 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ގދ. ގައްދޫ: އެ ރަށުގައި އަންހެނަކަަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ -- ސަން ފޮޓޯ

ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.

ފުލުހުން ބުނީ، ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހަމަ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

އެކަމަކު، މި މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ދެ މަސް ކުރިން، 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ވަނީ ފެނަމަތިވެފައެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

https://sun.mv/192390

ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ ހަ އަހަރު ތެރޭ ޖިންސީ ކުށުގެ 2،169 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން، މިދިޔަ އަހަރު ވެސް 234 ޖިންސީ ކުށުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުންޏެވެ.

comment ކޮމެންޓް