ސުޝްމިތާ ހުސްހަށިބަޔަށް ހުންނަތާ 2 އަހަރު

ބަތަލާ ސުޝްމިތާ ސެން--ފޮޓޯ/ފިލްމުފެއަ

އިންޑިއާއަށް މިސް ޔުނިވާސްގެ ތާޖު ހޯދައިދިނުމަށް ފަހު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ ސުޝްމިތާ ސެން ހުސްހަށިބަޔަށް ހުންނަތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށް ބަތަލާ ބުނެފިއެވެ.

ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޒުވާން މޮޑެލް އަދި އެކްޓަރު ރޯމަން ޝޯލްއާ އެކު މިހާރު ވެސް އެކި ހަފުލާތަކުންނާއި ބޭރުތެރެއިން ސުޝްމިތާ ސެން ފެންނަން ފެށުމުން ދެ މީހުން އަލުން ގުޅިގެން އުޅޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް, ދާދި ފަހުން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި އުމުރުން 48 އަހަރުގެ ބަތަލާ ބުނެފައިވަނީ ބައިވެރިއަކު ހޯދުމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. ބަތަލާގެ ދިރިއުޅުމުގައި ހެޔޮއެދޭ ގާތް ރަޙުމަތްތެރިން އެބަ ތިބި ކަމަށާއި ހަޔާތުގެ ބައިވެރިއެއް ހޯދަން މަސައްކަތް ނުކުރާ ކަމަށް ސުޝްމިތާ ވަނީ ބުނެފައެވެ.

ސުޝްމިތާ ސެން ކުރީގެ ލޯބިވެރިޔާ ރޯމަން ޝޯލްއާ އެކު--ފޮޓޯ/ފިލްމުފެއަ

ސުޝްމިތާއާއި ރޯމަން ފަސް އަހަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ދެ ތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެކަމުގެ އުއްމީދުގައި ތިބި ސަޕޯޓަރުން މާޔޫސްކޮށްލީ 2021ވަނަ އަހަރު ދެ މީހުން ވަކިވި ޚަބަރާ އެކުއެވެ.

ދެ މީހުން ވަކިވި ނަމަވެސް ރޯމަން އަކީ ސުޝްމިތާގެ އާއިލާގެ މެންބަރުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ސުޝްމިތާގެ ދެ އަންހެން ކުދިންގެ މެދުގައި ވެސް ރޯމަން އަކީ ވަރަށް މަގުބޫލު މީހެކެވެ. ބަތަލާގެ އާއިލީ ވަރަށް ގިނަ ހަފުލާތަކުން ރޯމަން ފެނުން އާއްމުވެފައިވާއިރު ދެ ތަރިން އެކީގައި ވެސް ބޭރުތެރެއިން ފެނުމަކީ އާއްމު ކަމަކެވެ.

ސުޝްމިތާގެ ނަޒަރުގައި ދެ މީހަކު އެކީގައި ގުޅިގެން އުޅޭ ނަމަ އެ ގުޅުމުގައި އިތުބާރާއި ތެދުވެރިކަން ނެތިއްޖެނަމަ އެކީގައި އުޅުމުގެ އެއްވެސް މާނައެއް ނެތެވެ. އެހެންވެ، ސުޝްމިތާގެ ދިރިއުޅުމަށް، ހާއްސަކޮށް ދެ ކުދިންގެ ދިރިއުޅުމަށް ގެންނަން ބޭނުން ވަނީ އެ ހުރިހާ ކަމެއްވެސް ފުރިހަމަ މީހެކެވެ. މިދިޔަ އަހަރު ވެބް ސީރީސް "ތާލީ"އިން ފެނުނު ބަތަލާގެ މަގުބޫލު ވެބް ސީރީސް "އާރްޔާ"ގެ ފަސް ވަނަ ސީޒަންގެ އާ އެޕިސޯޑެއް ވެސް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ރިލީޒްކޮށްފައެވެ.

comment ކޮމެންޓް