ރާއްޖޭގައި އަރަބި ބަހުގެ އިންސްޓިޓިއުޓެއް ހުޅުވަން މަޝްވަރާކޮށްފި

އަލް-އިމާމް މުޙައްމަދު އިބްނު ސަޢޫދު އިސްލާމިކް ޔުނިވަސިޓީގެ މަންދޫބުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދިވެހިރާއްޖޭގައި އަރަބި ބަހުގެ އިންސްޓިޓިއުޓެއް ހުޅުވުމާ ބެހޭގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ވަނީ އަލް-އިމާމް މުޙައްމަދު އިބްނު ސަޢޫދު އިސްލާމިކް ޔުނިވަސިޓީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.

އެ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ ވުޒާރާގެ އިސް ބޭފުޅުންނާއި ޔުނިވާސިޓީގެ މަންދޫބުން ބައްދަލުކުރައްވާ ޢަރަބި ބަހުގެ އިންސްޓިޓިއުޓެއް ހުޅުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މި މައްސައްކަތުގެ މަގުސަދަކީ ސަގާފީ ގުޅުންތައް ބަދަހިކޮށް ބަހުގެ ފެންވަރު މަތިކުރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"މި މަސައްކަތުގެ މަޤުޞަދަކީ ޘަޤާފީ ގުޅުން ބަދަހިކޮށް، ބަހުގެ ފެންވަރު މަތިކުރުމެވެ. މިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ލިބޭ ތަޢުލީމީ ފުރުޞަތުތައް އިތުރަށް މުއްސަނދިވެގެންދާނެއެވެ،" އެ ވުޒާރާއިން ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

ރާއްޖޭގައި އަރަބި ބަހުގެ އިންސްޓިޓިއުޓެއް ހުޅުވުމަށް މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް