ފިލްމު 'މުންޖްޔާ'ގެ ޑައިރެކްޓަރުގެ ފިލްމެއް ސޫޖަލްއަށް

އެކްޓަރު ރަޖީވް ކަންޑޭލްވަން--ފޮޓޯ/ޓައިމްސްނައު

މިދިޔަ މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "މުންޖްޔާ"ގެ ޑައިރެކްޓަރު އަދިތިޔާ ސަރުޕޮދާރުގެ ސީރީޒްއެއް މަޝްހޫރު ޓީވީ ތަރި ރަޖީވް ކަންޑޭލްވަލްއަށް ލިބިއްޖެއެވެ.

ފިލްމު "މުންޖްޔާ"އަށް ފަހު އަދިތިޔާގެ އިތުރު ހޮރޯ ކޮމެޑީ ފިލްމެއް ޒީ5ގައި މި މަހުގެ 12ވަނަ ދުވަހު ވެސް ވަނީ ޕްރިމިއާކުރަން ފަށާފައެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރާޖިވް ބުނެފައިވަނީ ބައެއް ޑައިރެކްޓަރުންނަކީ އެކްޓަރުންގެ ކިބައިގައި ހުރި މިހާތަނަށް ބެލުންތެރިންނަށް ނުފެންނަ ހުނަރުތައް ނެރެން ޝައުގުވެރިވާ ޑައިރެކްޓަރުން ކަމަށެވެ. އެގޮތުން އަދިތިޔާއަކީ އޭގެ ޑައިރެކްޓަރެއް ކަމަށާއި އަދިތިޔާ އަކީ އެކްޓަރުންނަށް ވުރެ ބޮޑަށް ފިލްމީ ސެޓުގައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ރަޖީވް ވަނީ ސިފަކޮށްފައެވެ.

ރަޖީވް އަދި ފިލްމު "މުންޖްޔާ"ގެ ޑައިރެކްޓަރު އަދިތިޔަ--ފޮޓޯ/ބޮލީވުޑްހަންގާމާ

ރަޖީވްއާ އެކު އުފައްދާ ސީރީޒްއަކީ ކުރީގެ ދެ ފިލްމަށް ވުރެ ދެގުނަ ތަފާތު ސީރީޒްއަކަށް ހެދުމަށް އަދިތިޔާ ގާތު އެދިފައިވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ރަޖީވް ބުނެފައިވާ ގޮތުގައި އަދިތިޔާގެ އަލަށް މަސައްކަތް ފަށަން ނިންމާފައިވާ ސީރީޒްގެ ވާހަކަ ވަރަށް ޝައުގުވެރި ކަމަށާއި ސްކްރިޕްޓް އަޑު އެހުމަށް ފަހު ހަނދާނަށް އަންނަނީ މަޝްހޫރު އެމެރިކަން ސީރީޒް "އިންޑިއާނާ ޖޯންސް"ގެ ހަނދާންތައް ކަމަށެވެ.

ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ސީރީޒް "ކަހީ ތޯ ޕިޔާރު ހޯގާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ސޫޖަލް ކެރެކްޓާ ކުޅެގެން ރަޖީވްއަށް ވަރަށް ގިނަ ހުށަހެޅުންތައް ފިލްމީ ދާއިރާއިން ލިބުނެވެ.

މި ސީރީޒްއަށް ވަރަށް ގިނަ ވެބް ސީރީޒްތައް ވެސް ކުޅުނު ރަޖީވް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި ފިލްމު "ސަލާމް ވެންކީ" އަދި "ބްލަޑީ ޑެޑީ" ހިމެނެއެވެ. ރަޖީވް އެންމެ ފަހުން ކުޅެފައިވަނީ މި އަހަރު ޑިޒްނީ ހޮޓް ސްޓާގައި ރިލީޒްކުރި ދަރުމާ ކުންފުނީގެ ވެބް ސީރީޒް "ޝޯޓައިމް"ގެ ރޯލެކެވެ.

comment ކޮމެންޓް