އިޓަލީގެ ބޮޑުވަޒީރުގެ އިސްކޮޅަށް ޖޯކުޖެހި ނޫސްވެރިއަކު 5400 ޑޮލަރުން ޖޫރިމަނާކޮށްފި

އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއޯ މެލޯނީ. ފޮޓޯ/ސީއެންއެން

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އިސްކޮޅާ ގުޅުވައި އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މެލޯނީއަށް ލިބުނު ގެއްލުމުގެ ބަދަލުގައި 5400 ޑޮލަރުން ދިނުމަށް މިލާންގެ ކޯޓަކުން ނޫސްވެރިޔަކަށް އަމުރުކޮށްފިއެވެ.

ނޫސްވެރިޔާ ޖޫލިއާ ކޯޓޭޒްއަށް އެގޮތަށް އަމުރުކޮށްފައި ވަނީ 2021 ވަނަ އަހަރު އޮކްޓޫބަރު މަހު އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

މީގެ ތިން އަހަރު ކުރިން އެ މައްސަލަ ފެށުނީ އިޓަލީގެ ކަނާތު ފިޔައިގެ ލީޑަރެއް ކަމަށްވާ ބެނިތޯ މުސޯލިނީ އާއި މެލޯނީ ފެންނަ ގޮތަށް އެޑިޓްކޮށްފައިވާ ފޮޓޯއެއް ކޯޓޭޒް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ. އަދި މެލޯނީގެ އިސްކޮޅުގައި ހުންނަނީ އެންމެ ހަތަރު ފޫޓު ކަމަށް ބުނެ މަލާމާތްކޮށް، ބިރު ނުގަންނަ ކަމަށް ބުނެ ޕޯސްޓުތަކެއް ކުރުމުންނެވެ.

އޭރު މެލޯނީ ނިސްބަތްވެވަޑައިގަންނަވާ ބްރަދާސް އޮފް އިޓަލީ ޕާޓީ އޮތީ އިޓަލީގެ އިދިކޮޅު ޕާޓީގެ ގޮތުގައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެލޯނީގެ އިސްކޮޅުގައި ހުންނަނީ ފަސް ފޫޓް ދެ އިންޗިއެވެ.

ކޯޓުން ކުރި ހުކުމް ކޯޓެޒޭއަށް އިސްތިއުނާފު ކުރެވޭނެއެވެ.

އިޓަލީގެ ކޯޓުތަކުގައި ނޫސްވެރިންނާ ދެކޮޅަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް އޮތްއިރު، މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި އިޓަލީ ވަނީ 46 ވަނައަށް ވެއްޓިފައެވެ. އޭގެ ކުރިން އެ ގައުމުގެ އޮތީ 41 ވަނައިގައެވެ.

comment ކޮމެންޓް