ހުޅުމާލޭގައި މާރާމާރީ ހިންގި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި

ހުޅުމާލެ މަގެއް މަތި: މި މަހުގެ އަށްވަަނަ ދުވަހު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި މަހުގެ އަށްވަނަ ދުވަހު މާރާމާރީ ހިންގި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މި ފަދަ ގިނަ މާރާމާރީތައް ހިންގަނީ ކުށްކުރާ ގޭންގުތަކުންނެވެ.

މި މަހުގެ އަށްވަނަ ދުވަހު ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކްޓިވް އަށް ގޭންގެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ގޭންގުތަކުގައި ގިނައީ 12 އަހަރާއި 13 އަހަރުގެ ކުޑަކުދިން ކަމަށެވެ.

https://sun.mv/194094

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ، ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރަން މި މަހު ފަށައިފައިވާއިރު ގޭންގުތަކާ ދެކޮޅަށް ވަކި ޔުނިޓެއް ގާއިމުކުރުން އެ ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް