ޞާލިހުގެ މަންމާފުޅު އަވަހާރުވުމާ ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ

ޞާލިހު ރައީސްކަމުގައި ހުންނެވިއިރު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މަންމާފުޅު، މޫމިނާ ހަސަންފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު, ޞާލިހުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އެ ހިތާމާގައި ބައިވެރިވެވަަޑައިގަންނަވާ ކަމަށެވެ.

މި ދަނޑިވަޅުގައި، ޞާލިހު އާއިލާއަށް ހިތުގެ އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރުން، އެމަނިކުފާނު ވަނީ މަރްޙޫމާއަށް ސުވަރުގެ ގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.

ޞާލިހުގެ މަންމާފުޅު މިއަދު އަވަހާރަވުމުން، އެ މަނިކުފާނަށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންވެ.

މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ފާތުމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅަކު ހިމެނެއެވެ.

comment ކޮމެންޓް