ކުރީގެ ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ މަންމާފުޅު --

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މަންމާފުޅު، މޫމިނާ ހަސަންފުޅު މިއަދު އަވަހާރަވެއްޖެއެވެ.

އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅެއްް ހިމެނެއެވެ.

ޞާލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.

comment ކޮމެންޓް