ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް 18 ރުފިޔާއަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
މިގޮތުން، މިހާރު ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ 18.10 އާއި 18:30އާ ދެމެދުގެ އަގުތަކެއްގައެވެ. މި އަގުތަކުގައި ހުންނަތާ ކުޑަ ދުވަސްކޮޅެއް މިވަނީ ވެފައެވެ.
މި ދުވަސްވަރު ޑޮލަރުގެ އަގުތައް އުފުލުމާ ގުޅިގެން ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހޭތީ ވިއްކާ މުދަލުގެ އަގު ބޮޑު ވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ. ނަމަވެސް ފަހުން ދުވަސްކޮޅަކަށް އަގު ވަރަށް ދަށްވިއެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
މީހަކު ޑޮލަރުތަކެއް ގުނަނީ: މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް 18 ރުފިޔާއަށް ވުރެ މަތީގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނަމަވެސް، ފަތުރުވެރިކަމުގެ ސީޒަން ނިމި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައި ވަނިކޮށް އަނެއްކާ ވެސް ކަޅު ބާޒާރުގައި މި ވަނީ ޑޮލަރުގެ އަގުތައް އުފުލެން ފަށާފައެވެ.
https://sun.mv/188628
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.
އިތުރަށް ޑޮލަރު ބޭނުންވާ ވިޔަފާރިވެރިން ނުވަތަ ދަތުރުވެރިން، ޑޮލަރު ހޯދުމުގައި އެހެން ބައެއް ގޮތްތައް ބޭނުން ކުރެއެވެ. އޭގެތެރެއިން, އެއް ގޮތަކީ ފައިސާ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީ ގްރޫޕުތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގުމެވެ.
comment ެައަހްމަދުު
9 month 4 day ago
މިނިސްޓަރ ވިދާޅުވީ 4 މަސް ފަހުން ހަަމަޔަކަށް އެޅޭނެ ވާހަކަ. ވިދާޅެއްނުވޭތާ ރޭޓް ދަށްވެ / މަތިވާނެ ވާހަކަ. އެހެންވީމަ ބޮޑަށް ގަބޫލުކުރެވެނީ، މިނިސްޓަރު ވިދާޅުވިގޮަތަށް އަދިކިރިޔާ ޑޮލަރު ރޭޓް ހަމަޔަކަށް މިއެޅުނީކަމަށް.... މިނިސްޓަރަށް ވަރަށް ސަލާމް.
comment މަހި
9 month 4 day ago
އެދެން ބޭރު މީހުން ވަޒީފާތަކާ ވިޔަފާރިތަކުގައި އުޅުމާ މިކަން ބަލަން ޖެހޭ ވާގިނެތް މުވައްސަސާތައް ހުރުމާ މިހިރަމިހިރަ ގޮތްގޮތުން ކުރިމަތިވާ ކަންކަމެވެ. މިއީ މިކިޔާ އޮފް ސީޒަން ކަމަށް ވުމުންވެސް ވެދާނެއެވެ. އެކަމަކު ސީޒަން ފެށި އޮކްޓޫންބަރަށް އަލާލީމަ ރުކަކުން ކާއްޓެއް ވެއްޓޭހެން ތިއަގު އިސާހިތަކުން ތިރިވެ ޑޮލަރު ތިޔާގި ވެގެން ދާތީ މިހަރުވެސް އެބަ ފެނެއެވެ.
comment އިބްރާހީމް
9 month 4 day ago
"ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާއަށް ވުރެ މަތީގައި" މިވަނީ ކިހިނެއްބާ؟ ރޖ ވިދާލުވަނީ، ޑޮލަރުގެ އަގު މައްޗަށް ނުދާނެކަމަށް. އެ ހުރިހައި ހިފެހެއްޓިފައި ކަމުގައި. ރަސްމީ ރޭޓަކީ 15.42ރ. އެކަމަކު ގަންނަން ލިބެނީ 18ރ އަށް ނޫނީ 19ރ އަށް. ކަޅުބާޒާރުގައި ޑޮލަރު ވިއްކާކަން މި ދައުލަތުގެ ޒިންމާދާރު ހުރިހައި ފަރާތްތަކަށްވެސް އެނގޭ. އަވަސް ޙައްލެއް ބޭނުންވޭ.
comment ފުރާމް
9 month 4 day ago
އާރޓިފިޝަލް ބީޗް ދިމާގައި އަދި ޗާނދަނީމަގުގައި ހުރި އެކްސްޗޭންޖް ކުރާ ތަންތަނަކީ ކަޅުބާޒާރުތަ؟؟އެއީ ހުއްދަތައް ނަގައިގެން ޑޮލަރ ވިއްކާތަންތަން..އެތަންތަނުންވެސް ވިއްކަނީ ތިބުނާ ކަޅުބާޒާރާއި އެއްގޮތައް..