ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފި

ވިޔަފާރިވެރިންގެ މިސްކިތް: އެ މިސްކިތުން އިއްޔެ ވަނީ ފެން ކޭސްތަކެއް ވަގަށް ނަގާފަ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ބަޔަކު ވަގަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ފުލުހުން ބުނީ، އެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ވަގަށް ގެންދިޔައީ ކިތަށް ކޭސް ފެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އޭގެއިތުރުން، މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހު އެ މިސްކިތަށް ބޮޑު ކަމު ދިޔަ މައްސަލައެއް ވެސް ފެންމަތިވިއެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހު އެކަނިވެސް މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ އީދު މިސްކިތުން 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ފަދަ އަމަލުތައް ހުއްޓުވުމަށް މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގައި ކެމެރާވެސް ހަރުކޮށްފައެވެ.

comment ކޮމެންޓް