އަންހެނުން ޚިތާނުކުރުން މަނާކުރުމަށް ގެމްބިއާގެ ގާނޫނު ހަދާ މަޖީލީހުން ތާއީދުކޮށްފި

އަންހެނުން ޚިތާނުކުރުން ހުއްދަކުރުމުގެ ބިލާ ދެކޮލަށް ގެމްބިއާގެ ގާނޫނުހަދާ މަޖިލީސް ކައިރީގައި މުޒާހަރާ ކުރަނީ. ފޮޓޯ/އަލް ޖަޒީރާ

އަންހެނުން ޚިތާނުކުރުން ހުއްދަދިނުމާ ގުޅޭގޮތުން 2015 ވަނަ އަހަރު ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް ގެމްބިއާގެ ގާނޫނުހަދާ މަޖީލީހުން ތާއީދުކޮށްފިއެވެ.

އެ ބިލުގެ ދެވަނަ ބަހުސް މިއަހަރުގެ މާޗް މަހު ފާސްކުރިއިރު، ގާނޫނު ހަދާ މަޖިލީހުގެ 53 މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓުދެއްވައިފައި ވަނީ އެންމެ ފަސް މެންބަރުންނެވެ.

އެއާއެކު ގެމްބިއާ ވެގެންދާނީ އަންހެނުން ހިތާނުކުރުން މަނާ ކުރުމަށް ފަހު، އެ ނިންމުން އަނބުރާ ހުއްދަކުރާ ފުރަތަމަ ގައުމަށް ކަމަށް ބުނެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަންހެނުން ހިތާނުކުރުން ގެމްބިއާގައި މަނާކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ތިން ވަނަ އަދި އެންމެ ފަހުގެ ބަހުސްގެ ކުރިން ބިލުގެ ކޮންމެ މާއްދާއަކަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހޯމަ ދުވަހު އަނެއްކާވެސް ވޯޓު ދީފައިވާއިރު، ކޮންމެ މާއްދާއަކާ ދެކޮޅަށް މެމްބަރުންގެ އަޣުލަބިއްޔަތު ވަނީ ލިބިފައެވެ. އެއާކު ގާނޫނުހަދާ މަޖިލީހުގެ ރައީސް ފަބަކަރީ ޓޮމްބޮންގް ޖައްޓާ ވަނީ ބިލަށް އިތުރަށް ބަހުސްކުރުން ހުއްޓައިލައިފައެވެ.

އެ ބިލާ ގުޅިގެން މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގެމްބިއާގެ އާންމުންވެސް އަންނަނީ ބަހުސްކުރަމުންނެވެ.

އެ ބިލު ހުށަހެޅުއްވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަލްމާމޭ ގިއްބާ ވިދާޅުވީ އަންހެނުން ހިތާނުކުރުން މަނާކޮށްފައި އޮތުމަކީ އެ ގައުމުގެ ރައްޔިތުންގެ ސަގާފަތާއި ދީނަށް އަމަލުކުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. އެ ބިލު ފާސްކުރަން ބޭނުންވަނީ އެ ގައުމުގެ ސަގާފީ އުސޫލުތަކާއި އާދަކާދަތައް ރައްކާތެރިކުރުމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔުނިސެފްގެ 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަންހެނުން ޚިތާނުގެ ކުރުން އެންމެ ގިނަ 10 ގައުމުގެ ތެރޭގައި ގަމްބިއާ ހިމެނެއެވެ. އެގޮތުންގެ ގެމްބިއާގެ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންނާއި އަންހެން ކުދިންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ޚިތާނުކޮށްފައެވެ.

އެކަމުގެ ސަބަބުން އިންފެކްޝަންތަކާއި، ލޭއައުން، ދަރިމައިނުވުން އަދި ވިހެއުމުގައި ދިމާވާ އުދަނގޫތައް ހިމެނޭ ގޮތަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، ޖިންސީ ބަލިކަށިކަމާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް ޔުނިސެފުން މީގެކުރިން އާންމޮކޮށްފައިވާ ރިޕޯޓެއްގައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާނުކޮށްފައިވާ އަންހެނުންނާއި އަންހެން ކުދިންގެ އަދަދު 230 މިލިއަނަށް އިތުރުވެފައިވާއިރު، މީގެ އަށް އަހަރު ކުރިން އެ އަދަދު ހުރީ 200 މިލިއަނުގައެވެ.

comment ކޮމެންޓް