ޔޫރޯ ފައިނަލަށް ހުޅުމާލެ ފޭސް ދޭއްގައި ބޮޑު ސްކްރީން ބަހައްޓަނީ

ހިޔާ ފްލެޓް ދެވަނަ ދިޔަވަހި: މިރޭ އޮންނަ ފޯރިގަދަ ޔޫރޯ ފައިނަލް މެޗު ބެލުމަށް ދިރާގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގައި ބޮޑު ސްކްރީނެއް ބަހައްޓަނީ

މިރޭ އޮންނަ ފޯރިގަދަ ޔޫރޯ ފައިނަލް މެޗު ބެލުމަށް ދިރާގާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގައި ބޮޑު ސްކްރީނެއް ބެހެއްޓުމަށް ހަމަޖައްސައިފިއެވެ.

މި ސްކްރީން އެޅުވުމަށް ހަމަޖެހިފައިވަނީ ހިޔާ ފުލެޓް ސަރަހައްދުގައި، ހިޔާ ފުލެޓް ޓަވަރު އެކަކާއި ވިނަރެސް ޓަވަރު އެކަކާ ދެމެދުގައެވެ.

އެގޮތުން މިރޭ 10:00 ގައި އެ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗު ލައިވް ކުރުމަށް ދެ ކުންފުނިން ވަނީ ނިންމާފައެވެ.

ޔޫރޯއާ ގުޅިގެން ދިރާގުން ވަނީ "ދިރާގު ފުޓްބޯޅަ އީދު" ޕްރޮމޯޝަންގެ ތެރެއިން ހާއްސަ އޮފާތަކެއް ހުޅުވާލާފައެެވެ. ދިރާގުގެ މި ހާއްސަ އޮފާގެ ދަށުން 80 ރުފިޔާއާ އެކު 80 ޖީބީ ޑޭޓާ އަދި ސޮނީ ލައިވް ޕްރީމިއަމް އެކްސެސް 30 ދުވަހަށް ލިބެއެވެ.

މީގެއިތުރުން ދިރާގުގެ "ޖެހީ ލިބުނީ" އާއެކު މިރޭ މޮޅުވާނެހެން ހީވާ ޓީމް ރެޖިސްޓާ ކުރުމަށްފަހު، ޖަހާ ކޮންމެ ގޯލް އަކަށް އެއް ޖީބީ ޑޭޓާ ލިބޭނެކަމަށް އެކުންފުނިން ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރަތަކީ ދިވެހިން ވަރަށް ފޯރިއާއެކު ބަލާ މުބާރާތެކެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އާ އޮފަތަކާ އެކު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް