އާނަންތު އަމްބާނީގެ އަގުބޮޑު ކައިވެންޏަށް ނަޝީދު ވެސް ވަޑައިގަތް!

އާނަންތު އަމްބާނީގެ ކައިވެނީގައި ރައީސް ނަޝީދު އިންޑިއާގެ ކުރީގެ ރައީސާއެކު --

ހަތް މަހަށް ދެމިގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ފަހު، އޭޝިއާގެ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ އާނަންތު އަމްބާނީގެ ކައިވެންޏަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް ދައުވަތު ލިބިވަޑައިގެން، އެ މަނިކުފާނު ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންފިއެވެ.

އެ ކައިވެންޏަށް، ރައީސް ނަޝީދަށް ދައުވަތު ލިބިވަޑައިގަތީ ބައިނަލްއަގްވާމީ ވެރިންނަށް ދެއްވި ދައުވަތުގެ ތެރެއިންނެވެ. ދެން ދައުވަތު ލިބިވަޑައިގެންނެވި ބައިނަލްއަގްވާމީ ބައެއް ވެރިންނަކީ:

  • އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
  • އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔާ
  • ފީފާގެ ރައީސް ޖިއަންނީ އިންފެންޓީނޯ
  • އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ
  • ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕާ
  • ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން
  • އޮސްޓްރިއާގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން ކާޒް

މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތުގެ ކައިވެނީގެ ހަފުލާތައް ބޭއްވީ އެ އާއިލާގެ ގެއާއި ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.

އާނަންތު އަމްބާނީގެ ކައިވެނީގައި ރައީސް ނަޝީދު ދައުވަތު ލިބުނު ބައެއް ބޭފުޅުންނާއެކު --

ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝްގެ މިލްކިއްޔާތުގެ އަގު 115 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާގެ ރިލަޔަންސް ކުންފުނިން ތަފާތު ގިނަ ދާއިރާތަކުން ވިޔަފާރިކުރާއިރު އޭގެ ތެރޭގައި ޕެޓްރޯލިއަމް، މާލީ ޚިދުމަތްތައް އަދި ޓެލެކޮމިއުނިކޭޝަން ހިމެނެއެވެ.

https://sun.mv/194259

ނަވާވީސް އަހަރުގެ އާނަންތުއަކީ މުކޭޝްގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ.

އޭނާގެ ކައިވެންޏަށް ދާ ޚަރަދުތައް އެ އާއިލާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެފަދަ ހަފުލާތަކަށް ދާނެ ޚަރަދު ބައެއް ނޫސްތަކުން ލަފާކޮށްފައިވެއެވެ.

ދަ ގާޑިއަން ނޫހުގައިވާ ގޮތުން، ކައިވެންޏަށް ދައުވަތު ދިނުމަށް ފޮނުވި ކޮންމެ ފޮއްޓަކަށް ވެސް 7،000 ޑޮލަރު އަރައެވެ. އަދި ކައިވެނީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޝޯތަކަށް ރިއާނާއާއި ޖަސްޓިން ބީބާ ގެންގޮސްފައިވާއިރު އޭގެ ތެރެއިން ރިއާނާއަށް ހަތް މިލިއަން ޑޮލަރު އަދި ބީބާއަށް 10 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

އެހެންވެ، ދަ ގާޑިއަންއިން ލަފާކުރާ ގޮތުގައި ކައިވެނީގެ ހަފުލާއާއި އޭގެ ކުރިން ބޭއްވި ހަރަކާތްތަކަށް ޚަރަދުކޮށްފައިވާ އަދަދު އުޅޭނީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައެވެ.

comment ކޮމެންޓް