ހަތް މަހަށް ދެމިގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކަށް ފަހު، އޭޝިއާގެ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ އާނަންތު އަމްބާނީ އިއްޔެ ވަނީ، ބޭސް ވިއްކާ ކުންފުންޏެއްގެ ވެރިޔެއްގެ ދަރިފުޅު ރަދިކާ މާޗަންޓުއާ ކައިވެނިކޮށްފައެވެ. އެ ހަފުލާގެ ޚަރަދުތައް 600 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ އިތުރުން ގައުމުތަކުގެ ކުރީގެ ލީޑަރުން ވެސް ހަފުލާއަށް ހާޒިރުވިއެވެ.
މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތުގެ ކައިވެނީގެ ހަފުލާތައް ބޭއްވީ އެ އާއިލާގެ ގެއާއި ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައެވެ.

މުކޭޝް އަމްބާނީގެ އާއިލާ: އޭނާގެ ދަރިން އާނަންތު، އާކާޝްގެ ދެމަފިރިން އަދި އިޝާ އަމްބާނީ އާއި ފިރިމީހާ --
ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝްގެ މިލްކިއްޔާތުގެ އަގު 115 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާގެ ރިލަޔަންސް ކުންފުނިން ތަފާތު ގިނަ ދާއިރާތަކުން ވިޔަފާރިކުރާއިރު އޭގެ ތެރޭގައި ޕެޓްރޯލިއަމް، މާލީ ޚިދުމަތްތައް އަދި ޓެލެކޮމިއުނިކޭޝަން ހިމެނެއެވެ.
ނަވާވީސް އަހަރުގެ އާނަންތުއަކީ މުކޭޝްގެ ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް --
އޭނާގެ ކައިވެންޏަށް ދާ ޚަރަދުތައް އެ އާއިލާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެފަދަ ހަފުލާތަކަށް ދާނެ ޚަރަދު ބައެއް ނޫސްތަކުން ލަފާކޮށްފައިވެއެވެ.
ދަ ގާޑިއަން ނޫހުގައިވާ ގޮތުން، ކައިވެންޏަށް ދައުވަތު ދިނުމަށް ފޮނުވި ކޮންމެ ފޮއްޓަކަށް ވެސް 7،000 ޑޮލަރު އަރައެވެ. އަދި ކައިވެނީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޝޯތަކަށް ރިއާނާއާއި ޖަސްޓިން ބީބާ ގެންގޮސްފައިވާއިރު އޭގެ ތެރެއިން ރިއާނާއަށް ހަތް މިލިއަން ޑޮލަރު އަދި ބީބާއަށް 10 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

ބޮލީވުޑްގެ ދެތަރިން އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު --
އެހެންވެ، ދަ ގާޑިއަންއިން ލަފާކުރާ ގޮތުގައި ކައިވެނީގެ ހަފުލާއާއި އޭގެ ކުރިން ބޭއްވި ހަރަކާތްތަކަށް ޚަރަދުކޮށްފައިވާ އަދަދު އުޅޭނީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައެވެ.

ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް --
އެ ކައިވެންޏަށް ދިޔަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ރަންބީރް ކަޕޫރާއި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު، ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް، އައިޝްވާރިޔާ ރާއީ، ދިޕިކާ ޕަޑްކޯން އަދި ދިޝާ ޕަޓާނީ ހިމެނެއެވެ.
މީގެ އިތުރުން ސަލްމާން ޚާނާއި ޝާހްރުކް ޚާން އަދި ރޭކާ ވެސް ހިމެނެއެވެ.

އައިޝްވާރިޔާ ރާއީ ބައްޗަން: އައިޝްވާރިޔާއާއެކު ބައްޗަން އާއިލާގެ އެހެން މެންބަރުން ވެސް ދިޔަ
ޕްރިޔަންކާ ޗޯޕްރާ، އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާއެކު ދިޔައިރު، އެމެރިކާގެ މަޝްހޫރު ޝަހުސިއްޔަތުން ކަމަށްވާ ކިމް ކާޑޭޝިއަން އާއި ކޮއްކޮ ކްލޯއީގެ އިތުރުން ޖޯން ސީނާ ވެސް އެ ކައިވެންޏަށް ދިޔައެވެ.
ހަމައެއާއެކު އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާއާއި ބޮރިސް ޖޯންސަން، ދެ ބޭފުޅުންގެ އާއިލާގެ މެންބަރުންނާއެކު ވަޑައިގަތެވެ.
View this post on Instagram