ސްޕެއިން ބަލިކުރަން ސައުތުގޭޓުގެ އޮތީ "ވަރުގަދަ" ޕްލޭނެއް

ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން އުނދަގޫވާނެ ކަމަށާއި، އެކަމަކު ސްޕެއިން ބަލިކުރަން ވަރުގަދަ މޮޅު ޕްލޭނެއް އެބައޮތްކަމަށް އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓު ބުނެފިއެވެ.

މުބާރާތުގެ ފައިނަލާ ސްޕެއިން ކުރިމަތިލަނީ އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމު ފައިނަލަށް ދަތުރުުކުރީ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. އަދި އިންގްލެންޑު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.

މިއީ ޔޫރޯގެ ފައިނަލަށް އިންގްލެންޑް ޖެހިޖެހިގެން ދަތުރުކުރި ދެ ވަނަ ފަހަރެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އެ ޓީމަށް މިފަހަރު އަމާޒުވިއެވެ. ނަމަވެސް ފައިނަލަށް ދިއުމުން ގިނަ ބަޔަކު ވަނީ އަނެއްކާވެސް ސައުތުގޭޓަށް ތައުރީފުކުރަމުންނެވެ.

ސައުތުގޭޓު ބުނީ ސްޕެއިން އަކީ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އިންގްލެންޑުން ޖެހޭނީ ޓެކްޓިކަލީ ފުރިހަމަ ކުޅުމެއް ދައްކައިގެން ކަމަށެވެ.

އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ އެ މެޗުގެ ނާކާމިޔާބަކީ މި އަހަރުގެ ފައިނަލަށް ނުކުންނައިރު ކުޅުންތެރިންނަށް ލިބޭ އިތުރު މޯޓިވޭޝަނެއް ކަމަށެވެ.

ޔޫރޯ 2024 ގައި ސްޕެއިން އާއި އިންގްލެންޑު ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެގަޑިން މާދަމާ ރޭ 00:00 ގައެވެ.

comment ކޮމެންޓް