އިނގިރޭސި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަން އަށް އަހަރުދުވަހު ހޭދަކުރުމަށްފަހު ގެރެތު ސައުތުގޭޓު އެ މަގާމުން އަމިއްލައަށް ވަކިވެއްޖެ އެވެ.
އުމުރުން 53 އަހަރުގެ ކޯޗު ވަނީ އޭނާ ކޯޗުކަމުގައި ހޭދަކުރި މުއްދަތުގައި ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ދާދިފަހުން ޔޫރޯގެ ފައިނަލްގައި އާދިއްތަ ދުވަހު ރޭ ސްޕެއިން އަތުން އިންގްލެންޑް ވަނީ ހިތްދަތިގޮތަކަށް ބަލިވެފައެވެ. މިއީ ޖެހިޖެހިގެން އެ ޓީމު ޔޫރޯ ފައިނަލުން ބަލިވި ފުރަތަމަ ފަހަރެވެ.
ސައުތުގޭޓު ވަނީ އޭނާ ހޭދަކުރި މުއްދަތުގައި އިންގްލެންޑާއެކު ބައިނަލްއަޤްވާމީ ހަތަރު މުބާރާތެއްގައި ވާދަކޮށްފައެވެ. ނަމަވެސް ލިބުނު އެއްވެސް ކާމިޔާބެއް ނެތެވެ. އެންމެ ބޮޑުވަރަކަށް ވެސް ވެފައިވަނީ ޔޫރޯގެ ދެ ފައިނަލަށް ދެވުމާއި 2018 ގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދެވުމެވެ. އޭނާ ވަނީ އިންގްލެންޑާއެކު ޖުމްލަ 102 މެޗުގައި ކޯޗުކަންކޮށްފައެވެ.
މަގާމުން ވަކިވި އެންމެ ބޮޑު އުޒުރަކަށް އޭނާ ދެއްކީ އިންގްލެންޑުން ބަދަލަކަށް ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރިކަމަށާއި ނަމަވސް މިއީ ބަދަލެއް ބޭނުންވާ ވަގުތު ކަމަށް ބުނެފައެވެ. އަދި އިންގްލެންޑުގެ ކޯޗުކަން ކުރުމަކީ ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ. އަދި އެއީ މުޅި ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ޝަރަފުކަމަށް ސައުތުގޭޓު ބުންޏެވެ.
ސައުތުގޭޓު އެންމެ ބޮޑަށް މަޝްހޫރުވީ އިންގްލެންޑުގެ 21 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުންނެވެ. އެ ޓީމާއެކު ކުރި މަސައްކަތްތައް ކަމުދިއުމުގެ ސަބަބުން ސީނިއާ ޓީމު އޭނާއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. އޭގެ ދެ އަހަރުފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީއަށް އިންގްލެންޑު ދަތުރުކުރިއެވެ.
އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު، ސީނިއާ ޓީމުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ.